Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެމްޑީޕީ މެންބަރުންގެ ތާއިދާއެކު، ނިޒާމުގެ ވޯޓާ ގުޅޭ ގަރާރު ބަލައިގެންފި

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރު ބަލައިގަންނަން ފާސްކޮށްފިއެވެ.

އެ ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

އެ ގަރާރު ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓު ނެގިއިރު ހާޒިރުވެވަޑައިގެން ތިއްބެވި 36 މެންބަރުންގެ ތެރެއިން 35 މެންބަރުން ތާއިދު ކުރެއްވީ ގަރާރު ބަލައިގަތުމަށެވެ.

ގަރާރު މަޖިލީހަށް ތައާރަފުކުރީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މި ގަރާރު މަޖިލީހަށް ހުށަހަޅައި، މިއަދު ބަހުސް މިއަދު ފަށާފައިވާއިރު، ގަރާރުގައި ފުރަތަމަ ހުށަހަޅާފައިވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ވޯޓު ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ. ނަމަވެސް އިލްޔާސް މިއަދު އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނެގުމަށެވެ. ޤަރާރުގެ މުޅި މަޖިލިސް ކޮމެޓީގެ މަސައްކަތް ފަށާނީ މާދަމާ ހެދުނުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް