ދުނިޔެ

ސަޢުދީގެ ޖިއްދާގައި ބާރުގަދަ ބޮމެއް ގޮއްވާލައި ގިނަ ބަޔަކު ޒަޚަމްކޮށްލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސަޢުދީ އަރަބިއްޔާގެ ޖިއްދާގެ ސަހަރާއަކަށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

Ads by Sosun Fihaara

ސަޢުދީގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މިގޮވުން ގޮއްވާލާފައި ވަނީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނު ދުވަސް ފާހަގަ ކުރުމަށް އެޤައުމުގައި ކޮންމެ އަހަރަކު، ބާއްވާ ހަނދާނީ ރަސްމިއްޔާތުގެ ތެރެއިން ކަމަށެވެ. މި ބޮޮން ގޮއްވާލާފައި ވަނީ ޣައިރު މުސްލުމުން ވަޅުލާފައިވާ ސަރަހާއެއްގައި ކަމަށްވެސް ބޭރުގެ ރިޕޯޓްތައް ހާމަ ކުރެއެވެ.

މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޤައުމުތަކުގެ އިސްވެރިން ތިއްބެވި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮވުން ގޮއްލާވާފައިވަނީ ކަމުގެ ރިޕޯޓްތައް ދައުރު ވަމުންދާއިރު، ގްރީސްއިން ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ގްރީސްގެ މަންދޫބަކު "އަލް ޖަޒީރާ" އަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވީ، ބާރު ގަދަ ގޮވުމެއް ގޮވާފައިވާ ކަމަަށާއި އަދި 4 މީހަކަށް މި ގޮވުމުގައި އަނިޔާވެފައިވާ ކަމަށެވެ.

ސަޢުދީއިން މިހާދިސާގައި ވަކި އެއްޗެއް މިހާތަނަށް ބުނެފައި ނުވާއިރު، ފްރާންސް ފަދަ ބައެއް ޤައުމުތަކުން ސައުދީގައި އުޅޭ ފްރާންސްގެ ރައްޔިތުންނަށް ރައްކާތެރިވެ ތިބުމަށް ވަނީ ގޮވާލާފައެވެ.

ސަޢުދީން މިހަލާގެ ތަފްސީލް ހާމަކޮށްފައިނުވާއިރު، ހަމަލާގައި ލިބުނު ގެއްލުން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!