Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަޅުގަނޑަށް ފެންނަނީ ކާމިޔާބުވާތަން: ރައީސް ޞާލިޙު

އަޅުގަނޑަށް ފެންނަނީ ކާމިޔާބުވާތަން: ރައީސް ޞާލިޙު
ފެނިވަޑައިގަންނަވަނީ މި ރިޔާސީ އިންތިޚާބުން މޮޅުވާ މަންޒަރު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލެއްވުމަށް ފަހުގައި، ނޫސްވެރިންނާ ރައީސް ބައްދަލުކުރެއްވިއެވެ. އިންތިޚާބުން ނާކާމިޔާބީ ލިބިވަޑައިގެންފިނަމަ، ރާއްޖެއިން ފުރާވަޑައިގެންފާނެތޯ، ނޫސްވެރިޔަކު ސުވާލު ކުރުމުން، ރައީސް ޞާލިޙު އެ ސުވާލަށް ޖަވާބު ނުދެއްވައި ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ކާމިޔާބުވާތަން ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ، މިއަދުގެ ނަތީޖާ އަންނާނެ ގޮތާއި ގުޅޭ ވަކި ޕަސެންޓޭޖެއް ދަންނަވަން ދަތި ކަމަށާއި، ބައެއް މީހުން އެމްޑީޕީއާއި ގުޅެމުންދާއިރު، އަނެއް ބަޔަކު ޕީޕީއެމާއި ގުޅެމުންދާ ކަމަށެވެ.
"އެހެންވީމާ، ނަތީޖާ އަކީ ވަކި ޕަސެންޓެކޭ ދަންނަވަން ނޭނގުނު ނަމަވެސް، އަޅުގަނޑަށް ޔަޤީންކަން އިރާދަކުރެއްވިއްޔާ، އެބައޮތް، އިންތިޚާބު ކާމިޔާބުވާކަން." އެމަނިކުފާނު ވިދާޅުވިއެވެ.
އިންތިޚާބާއި ގުޅިގެން، ފައިސާ ބަހާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ދެއްވި ރައްދުގައި ރައީސް ވިދާޅުވީ، އެއްވެސް އިންތިޚާބެއްގައި އެމްޑީޕީން ފައިސާ ބަހާފައި ނުވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް