Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޑރ. މުޢިއްޒު ހުވާކުރައްވާ ގަޑީގައި އިސްލާމީ މަރުކަޒުގެ ވަކި ބައެއް ބަންދުކުރަނީ

ޑރ. މުޢިއްޒު ހުވާކުރައްވާ ގަޑީގައި އިސްލާމީ މަރުކަޒުގެ ވަކި ބައެއް ބަންދުކުރަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު ހިނގަމުންދާ ވަގުތު އިސްލާމީ މަރުކަޒުގެ އެއް ބައި ބަންދު ކުރުމަށް ނިންމައިފިއެެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ އެ މަރުކަޒާ އިންވެގެން އޮންނަ ޖުމްހޫރީ މައިދާނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާތީ އެ ފަޅި ނަމާދު ކުރުމަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުވާނެ ކަމަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރުމަށް ނިންމާފައި ވަނީ ބޭރު ބައެއް ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތަކަށް ވުމާ އެކު ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ މި މަހު 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް