ލައިފްސްޓައިލް

ސިންކަށް ލޮނު އެޅުމުން ލިބޭ ފައިދާ ވަރަށް ސަޅި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ލޮނަކީ ހަމަ އެކަނި ކެއްކުމަށް ބޭނުން ކުރާ ގެއްލުން ލިބޭ އެއްޗެކެވެ. އެހެން ނަމަވެސް މިއޮތީ ލޮނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ފުރުސަތެކެވެ.

ބަދިގެ ނޫނީ ކާގޭގައި ހުންނަ އަތް ދޮންނަ ތަށިން ނުބައި ވަސް ދުވަނީ ހެއްޔެވެ؟ ތިކަމަށް މިއޮތީ ހައްލެކެވެ. ލޮނު އެޅުމުން އެތަނުން ދުވާ ނުބައި ވަސް ފިލައެވެ. އެހެން ނަމަވެސް ލޮނު އެކަނި އެޅުމަކީ މީގެ ހައްލެއް ނޫނެވެ.

ލޮނު އެޅުމަށް ފަހު ކުޑަ އިރުކޮޅެއް ވަންދެން ބަހައްޓާލާށެވެ. އަދި އެއަށް ފަހު ފިނި ފެން ފޮދެއް އެ ސިންކު ތެރެއަށް އަޅާލާށެވެ. އެހެން ވުމުގެ ސަބަބުން ސިންކުގައި ގިނަ ދުވަސް ވަންދެން ކާ އެއްޗެހި ތާށިވެފައި ހުރުމުން އެދުވާ ކުނި ވަހުން އެތަން ސަލާމަތް ކޮށްދެއެވެ.

ވަސް ކެނޑުވުން އެކަންޏެއް ނޫނެވެ. ބަލާލަން ވެސް އެ ސިންކު ރީތި ކޮށްދީ އުޖާލާ ކުރުވައެވެ. ލޮނަކީ ހަމަ އެހާމެ ބާރުގަދަ އެއްޗެކެވެ. ފާހާނާ ސާފު ކުރުމުގައި ވެސް ލޮނު ބޭނުން ކުރެވިދާނެއެވެ. ފާހާނާ އުޖާލާ ކޮށް ފާހާނާއިން ދުވާ ނުބައި ވަސްތައް ކަނޑުވައި ދިނުމަށް ލޮނު އެހީ ވެދޭނެއެވެ.

ގަބޫލު ނުކުރެވެނީ ތޯއެވެ؟ އަޖުމަ ބަލާލަން ނިކަން ލޮނު ޕަކެޓެއް ސިންކަށް އަޅާލާށެވެ. ތަފާތު ފެންނާނެ ކަން ގައިމެވެ. އަދި ކުރިން ދުވި އެ ނުބައި ވަސް ވެސް ފިލައިގެން ދާނެ ކަން ޔަގީނެވެ.

Ads by Ooredoo
  1. ސަަައުދު

    ޜަގަޅު