ލައިފްސްޓައިލް

ގެއިން އަބަދާއި އަބަދު މީރުވަސް ދުއްވަން ބޭނުންތަ؟ މިކަންކަން ކޮށްލާ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ތިމާ އުޅޭ މާހައުލުން ނުވަތަ ދިރިއުޅޭ ގެއިން މީރުވަސް ދުއްވަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އެކި ކަހަލަ އެއަރ ފްރެޝްނާ ތަކާއި އެކި ކަހަލަ ތައްޔާރީ ޕަކެޓުތައް މިކަމަށް ހުރެއެވެ. އެހެންނަމަވެސް މިއޮތީ މިކަމަށް އޮތް ވަރަށް ފަސޭހަ އަދި އެހާމެ މީރުވަސް ދުވާ ހައްލެކެވެ.

Ads by Sosun Fihaara

ގޭތެރެ ރަނގަޅަށް ސާފު ކޮށްލުމަށް ފަހު ފެން ކައްކަން ޖައްސާށެވެ. ހޫނު ފެނުގެ ތެރެއަށް މި ތަކެތި އަޅާށެވެ.

  • ލުނބޯ ، ކޮށުމަށް ފަހު
  • ކަރަންފޫ
  • މީރު ވަސް ދުއްވަން ބޭނުން ކޮންމެ އެއްޗެއް (ގުދުރަތީ)

މީރުވަސް ދުއްވަން ގުދުރަތީ އެއްޗެއްގެ ގޮތުގައި ރާއްޖޭގައި ވަރަށް ގިނައިން ބޭނުންކުރާ އެއްޗެއް ގޮތުގައި، ގުލްޝަންޕާ މާ ނޫނީ ހުވަނދު މާ ހިމެނެއެވެ. އެހެންކަމުން އޭގެން ކޮންމެ ވެސް އެއް ބާވަތެއް ހިމަނާލައިގެން މި ތައްޔާރީ މީރުވަސް ދުވާ ފެން ތައްޔާރު ކުރެވިދާނެއެވެ.

މީރުވަސް ދުއްވަން މިއަށް ކޮންމެހެން ކެމިކަލް ތަކެއް ގަންނާކަށް ނުޖެހެއެވެ. ކައްކާ ފެނުގެ އާވިން ގޭތެރެ ހުންނާނީ އަރާމު ވަރަކަށް ހޫނުވެފައެވެ. އެހެންކަމުން ގޭތެރެއަށް ވަދެގެން އަންނަ ކޮންމެ މީހަކަށް ވެސް ހިތްހަމަ ޖެހުން ލިބިގެން ދާނެއެވެ.

ފެންގަނޑު ހިހޫ ވުމުން ވެސް އެ މީރުވަސް މާހައުލުގައި އެކުލެވިގެން ވެއެވެ. އަދި ފެން ގަނޑު އުކާލުމަށް ފަހު ފެން ކެއްކި ތެލި ދޮންނަން މާބޮޑު މަސައްކަތެއް ކުރާކަށް ވެސް ނުޖެހެއެވެ. މިފަދަ ގުދުރަތީ މީރުވަހެއް ގުދުރަތީ އެއްޗަކުން އުފައްދައިގެން ގޭގައި ބޭނުން ކޮށްލުމަކީ ކިހާ ހިތްހަމަ ޖެހޭ ކަމެއްތޯއެވެ؟ ނިކަން އަޖުމަ ބަލާލަން ނަމަވެސް މިކަން ކޮށްލާށެވެ.

Ads by PNC
  1. ޗެރީ

    ވަރަށް ފަސޭހައިން ތިމާ ތައް ލިބެން ހުންނާނެ، ގޭ ދޮރުމަތީ ތި އޮށްނާނެ ބޯކޮށް، އެއްޗެކޭ ވިއްޔާ ލިޔާތި، ތިމާތައް ހޯދުމައް ވުރެން ފަސޭހައިން ލިބޭނެ އެއާފުރެސްނާ ފުޅި އެއްވެސް