Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އިންކުއަރީ ހެދުމަށް ގޮވައިލައި ހުށަހެޅި ޤަރާރު، ކޮމިޓީއަށް

އިންކުއަރީ ހެދުމަށް ގޮވައިލައި ހުށަހެޅި ޤަރާރު، ކޮމިޓީއަށް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ސަރުކާރަށް ކުރި ތުހުމަތުތަކަށް ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވައިލި ޤަރާރު މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަޤީޤަތް ދެނެގަނެ، ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވައިލައި ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީއެވެ.

މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަންފައިވަނީ 53 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހަށް މި ޤަރާރު ބަލައިގަތުމާ ގުޅިގެން ވަނީ ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވައިފައެވެ.

މަޖިލީހުގައި މެމްބަރުން، މުޣުނީގެ ޤަރާރަށް ބަހުސް ކުރެއްވެއިރު، ޤަރާރުގައި ބުނެފައިވަނީ، އެމްޑީޕީ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޤަރާރުގައި ބުނެފައިވަނީ މިކަމުގެ ތެދު ހަޤީޤަތް ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް