Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޤައުމުގެ އިޤްތިސާދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލި މީހުން މަޤާމުން ވަކިކުރަންޖެހޭ: އަމްރު

ޤައުމުގެ އިޤްތިސާދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލި މީހުން މަޤާމުން ވަކިކުރަންޖެހޭ: އަމްރު

ޤައުމުގެ އިޤްތިސާދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލި މީހުން މަޤާމުން ވަކިކުރަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އަމްރު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ޑެޕިއުޓީ މިނިސްޓަރުންތަކެއް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓުތަކާ ގުޅިގެން، އެ ބޭފުޅުން މިއަދު ސަސްޕެންޑުކުރުމާއި ގުޅިގެންނެވެ.

“ޤައުމުގެ އިޤްތިސާދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލި މީހުން މަޤާމުން ވަކިކުރަންޖެހޭ” އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އިންޑިއާއިން، އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މޯދީއަށް ފުރައްސާރަކޮށް އެކްސްގައި އެކި ޕޯސްޓައް ކޮށްފައެވެ.

މިކަމާއި ގުޅިގެން މިއަދު ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ, އަވައްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ސްޓޭންޑަކީ މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އިން މިއަދު ނެރުއްވި ބަޔާނުގައިވާ ސްޑޭންޓް ކަމަށެވެ.

އަދި ސަރުކާރުގެ މަޤާމުގައި ތިބެ މީސްމީޑިއާގައި މިފަދަ ޕޯސްޓްތައްކުރި ފަރާތްތައް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި ހާމަކޮށްފައި އެވަނީ ސަރުކާރުގެ ރަސްމީ ސިޔާސަތު ނޫން ކަމަށެވެ. އަދި، އެއީ އެ ބޭބޭފުޅުންގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅު ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނީ، ދޭދޭ ގައުމުތަކާ އެކު އޮންނަ ގާތް ގުޅުމަށް ބުރޫނާރައި ފަދަ ގޮތަކަށް، ނަފުރަތާއި ރުޅިވެރިކަން ވެސް ނުފެތުރޭ ފަަދަ ހަމަތަކުގެ ތެރޭގައި ކަމަށެވެ. އަދި ފުރައްސާރަ ކުރާ ސަރުކާރުގެ އޮފިޝަލުންދާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ބަޔާނުގައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް