ޚަބަރު ރައްޔިތުންގެ މަޖިލިސް

ކީރިތި ގުރުއާނުގެ އާޔަތެއް ނުވަތަ އާޔަތެއްގެ މާނަ ވިދާޅުވާން އެއްވެސް އިރެއްގައި ފުރުސަތު ނުދެއްވާނެ : ރީކޯ މޫސަ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ބަހުޘްގެ މަރުހަލާގައި، ކީރިތި ގުރުއާނުގެ އާޔަތެއް ނުވަތަ އާޔަތެއްގެ މާނަ ވިދާޅުވުމަށް އެއްވެސް އިރެއްގައި ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސަ މިހެން ވިދާޅުވެފައިވާއިރު، ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެކަން ހުއްޓުވައި، މަޖިލީހުގައި ގުރްއާނުގެ އާޔަތްތައް ވިދާޅުނުވުމަށް އެންގެވުމާއެކު ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް ވަނީ އަމާޒުވެފައެވެ.

ރީކޯ މޫސަ ވިދާޅުވަނީ މަޖިލީހުގެ ބަހުސްގެ މަރުހަލާގައި ގުރުއާނުގެ އާޔަތެއް ކިޔުމުގެ ފުރުސަތު އެއްވެސް އިރެއްގައި ނުދެއްވާ ކަމަށާއި، ރިޔާސަތުން އެ ފުރުސަތު ނުދެއްވަނީ ގުރުއާނުގެ އާޔަތެއް ނުވަތަ އާޔަތުގެ މާނަ އެއްވެސް މެމްބަރަކަށް ނުބައިކޮށް ވިދާޅުވެވިދާނެ ކަމުގެ ބިރަށްޓަކައި ކަމަށެވެ. އަދި ބަހުސްގެ އެ ކުޑަ މިނެޓުކޮޅު ތެރޭގައި އެފަދަ ކުށެއް އިސްލާހު ނުކުރެވިއްޖެނަމަ ކީރިތި ގުރުއާނަށް އިހުތިރާމް ކުޑަކުރެވުނީ ކަމަށް ފެންނާތީ ކަމަށް ވެސް ރީކޯ ވިދާޅުވިއެވެ.

ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ކީރިތި ޤުރުއާން ހިތުދަސް ނޫންކަމަށާއި، މަޖިލީހުގެ މެމްބަރުން އާޔަތް ވިދާޅުވަމުންދާއިރު، ރިޔާސަތުގައި އިންނަވައިގެން، އޭގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގައި އުޅެނީ ދީނީ އިލްމުވެރިން ނޫންކަމަށާއި، މަޖިލީހުގައި ޝެއިޚުން މަދުކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން ކުރީގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެއީ ގާނޫނާ ޚިލާފު ވާހަކައެއް ކަމަށާއި، އެކަމަށް މަޢާފަށް އެދެން ޖެހޭ ކަމަށެވެ.

  1. އިންސާފު

    ކީރިތި ޤްރްއާން ދެކެ ހާދަ ބިރެކޭދޯ ތިގަންނަނީ. ތީ ހަމަ ސެކިއުލަ ކުރުމުގެ ބޭނުމުގަ ދައްކާ ވާހަކަ. ތިބުނާގޮތުން ވިއްޔާ ޤްރްއާން ކިޔަވަންޖެހޭނީ ހަމައެކަނި ޤްރްއާން ހިތުދަސް ޝޭޚުންތާ.

    ނޫން ނޫން ނޫން ބޭބޭ. ކުށެއް ކިއުނުކަން އެނގިއްޖެއްޔާ ހަމަ ކޮންމެ ޢިއްޒަތްތެރި މެމްބަރަކުވެސް ނިޒާމީ ނުކުތާ ނަންގަވާފަ ވިދުވެދެއްވީމަ ނިމުނީ. ތިތިބީވާ ޢިއްޒަތްތެރި މެންބަރުން ވިއްޔާ.

  2. ހާމިދު ޝާހިދު

    ކީރިތި ޤުރުއާން އިންގޭ މިންވަރަކުން ދަލީލު ދެއްކުމަށް މަޖްލިސް ނޫން ކޮންތަނެއްގައި ބޭނުންކުރަންވީ! މިއީ ވަރަށް ދެރަކަމެއް. މިއީ އެމްޑީޕީ ފިކުރުން ސިޔާސަތާއި ދީނާ ވަކިކުރަން ދައްކާ ބަހަނާއެއް. މަޖްލިސް ފުލޯގައި އެހެންވީރު ޖަލްސާތައް ފެށުމުގެ ގޮތުން ޤްރުއާން ކިޔެވުމާއި ޞަލަވާތް ކިޔުމެއްވެސް ނޯންނާނެދޯ! މެމްބަރަކު ޤްރުއާނުގެ އާޔަތެއް ކިޔައިގެން ކުށެއް ޖެހިއްޖެނަމަ އެކަމުގެ ޒިންމާ އުފުއްލާނީ އެމެމްބަރަކު. އަދި އެފަދަ ކަންކަމުގެ ސައްހަކަން ބެލުމަށް މަޖްލިސް ފުލޯގެ އިދާރީ މޭޒަށް ދީނީ ދަންނަ ބޭކަލުންގެ ޓީމެއް ހޮވާފައި ބޭއްވިދާނެ.