Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

އިންތިޚާބަށް ނުފޫޒު ފޯރުވަން ޗައިނާއިން މަސައްކަތް ކުރި ނަމަވެސް ޓައިވާނުން ދައްކައިދިނީ ޑިމޮކްރެޓިކް ހަރުދަނާކަން: ޓައިވާންގެ ޚާރިޖީ ވަޒީރު

އިންތިޚާބަށް ނުފޫޒު ފޯރުވަން ޗައިނާއިން މަސައްކަތް ކުރި ނަމަވެސް ޓައިވާނުން ދައްކައިދިނީ ޑިމޮކްރެޓިކް ހަރުދަނާކަން: ޓައިވާންގެ ޚާރިޖީ ވަޒީރު

ޓައިވާނުގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވީ، ޗައިނާއިން އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް ޓައިވާނުން ވަނީ މުޅި ދުނިޔެއަށް ޑިމޮކްރެޓިކް ހަރުދަނާކަން ދައްކާފައި ކަމަށެވެ.

ޓައިޕޭގައި 2024 ވަނަ އަހަރު ބޭއްވި ޑިމޮކްރެޓިކް ރެޒިލިއަންސް ފޯރަމްގައި ދެއްވި ތަގުރީރުގައި ވޫ ވިދާޅުވީ އިންތިހާބުގެ ނަތީޖާ އޮޅުވާލަން ޗައިނާއިން މަސައްކަތް ކުރި ނަމަވެސް މިދިޔަ ހަފުތާގައި ޓައިވާނުން ކާމިޔާބުކަމާއެކު ލެޖިސްލޭޓިވް އަދި ރިޔާސީ އިންތިހާބު ބޭއްވި ކަމަށެވެ. އަދި ޗައިނާގެ ގޮތްތަކަށް ޓައިވާނުން ދިން ފުރިހަމަ ތަރުހީބުން އެގައުމުގެ ޑިމޮކްރެޓިކް ހަރުދަނާކަން ދައްކުވައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޯސެފް ވޫ ވިދާޅުވީ އިންފޮމޭޝަނަލް ޓެކްނޮލޮޖީތައް ތަރައްގީވުމާ އެކު ކޮގްނިޓިވް ވޯފެއާއަކީ މިހާރު ހަމައެކަނި ޚަބަރުގެ ކޮންޓެންޓެއް ނޫން ކަމަށާއި އާންމު ދިރިއުޅުމުގައި މީހުންނަށް ދިމާވާ ކަންކަން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބޭނުންކުރާ ޓެކްނިކްތައް އިތުރަށް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށާއި، ވެރިކަމުގެ ބާރުތަކާއި އެތަންތަނުގެ ލޯކަލް އެހީތެރިން ބިރުދެއްކުމުގެ އިތުރު ވަސީލަތްތައް ބޭނުންކުރާނެ ކަން ފާހަގަކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

މައުލޫމާތު އޮޅުވާލުމާ މެދު އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ މަދަނީ ޑޭޓާ ސައިންސް ރިސާޗް ޖަމިއްޔާއެއް ކަމަށްވާ ޓައިވާން އިންފޮމޭޝަން އެންވަޔަރަންމަންޓް ރިސާޗް ސެންޓަރު (އައިއޯއާރްޖީ) އިން ހޮނިހިރު ދުވަހު ވަނީ މި ހަރަކާތް ބާއްވައިފަ އެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އައިއޯއާރްޖީގެ ކޯ-ޑައިރެކްޓަރު ޔޫ ޗިހް-ހާއޯ ވިދާޅުވީ ޓައިވާނުގައި މައުލޫމާތު އޮޅުވާލުމުގެ ސިފަތަކުގެ ތެރޭގައި ޑިމޮކްރެޓިކް އޮޕަރޭޝަންތައް ރޫޅާލުމާއި، ޑިމޮކްރެޓިކް ހަމަތަކަށް އިންކާރުކުރުމާއި ޓައިވާނުގެ އިސްތިގުލާލަށް ހުރަސް އެޅުން ހިމެނޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް