ކޮވިޑް-19: އުކުޅަހުން އިތުރު ފަތުރުވެރިއަކު ފައްސިވެއްޖެ

އއ. އުކުޅަހުން އިތުރު ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލު ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ، މިއަދު އުކުޅަހުން ކޮވިޑް-19 އަށް ފައްސި ވެފައިވަނީ ރަޝިއާ އަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ.
އެމީހާ ކޮވިޑަށް ފައްސި ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދަމުން ދިޔަ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް ފާހަގަކުރެވިފައި ނުވާ ކަމަށް ޝައުކަތު ވިދާޅުވެ އެވެ.
އެނގިފައިވާ ގޮތުގައި މިއީ އުކުޅަހުން ކޮވިޑަށް ފައްސިވީ ދެވަނަ ފަތުރުވެރިޔާއެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް އެރަށުން ވަނީ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސި ވެފައެވެ.
ޝައުކަތު ވިދާޅުވެފައިވާ ގޮތުގައި ފައްސިވީ ފަތުރުވެރިން މިހާރު ތިބީ އެކަހެރި ކުރެވިފައެވެ.
ފުޅާދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ އުކުޅަހުގައި، ދިހަ ގެސްޓް ހައުސެއްގައި 50 އެއްހާ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ނަޒުލާރަންބިސްއަޅާކުކުޅުތިއާބިސްއަޅަންފެށި