އައްޑޫ އެއަރޕޯޓް ތަރައްޤީ ނުވާނެ ކަމަށް ވިދާޅުވި މެމްބަރު ސަނީފަށް، ބަޔަކު މަރުގެ އިންޒާރު ދީފި
ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރު ދީފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" ސަނީފު ވިދާޅުވީ މަރުގެ އިންޒާރުތައް ދެމުން އަންނަ ކަމަށެވެ.
މަރުގެ އިންޒާރު އައިސްފައިވަނީ މަޖިލީހުގައި ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ސަނީފް ވިދާޅުވެފައި ވަނީ ތަރައްގީ ގެންނަން ޖެހޭނީ އާބާދީ އާއި އިގްތިސޯދު ވެސް އޮތް ތަނަކަށް ކަމަށެވެ.
އެގޮތުން ވަސީލަތްތައް ހުރީ ހުވަދޫގައި ނަމަވެސް އެ އަތޮޅަށް ތަރައްގީ ލިބެމުންނުދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ސަނީފް ވަނީ ވާހަކަ ދައްކަވާފައެވެ. ސަނީފް އިތުރަށް ވިދާޅުވީ ހުވަދޫ ރައްޔިތުންނަކީ ވަކި ދައުލަތެއް ގާއިމުކުރަން އުޅުން ބައެއް ނޫން ކަމަށާއި އޭރު ވެސް ބޭނުންވީ އިގްތިސާދީ ގޮތުން ކުރިއަރަން ކަމަށެވެ.
މީގެ އިތުރުން ގުޅިގެން ތަރައްގީގެ މަޝްވަރާތައް ފަށައި އެކުގައި ތަަރައްގީގެ މަސައްކަތް ފެށުން މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.
ސަނީފް ވިދާޅުވީ މަރުގެ އިންޒާރު ދިން ކަމުގައި ވިޔަސް އެންމެ ބޮޑު ވަރަކަށް ވެސް ކުރެވޭނީ ހައްޓަށް ގެއްލުން ދިނުން ކަމަށެވެ. އަދި ބަޔަކު ދެމުންދާ އިންޒާރުތަކަކާ ގުޅިގެން އެފަދަ ވާހަކަތައް ދެއްކުން ހުއްޓާ ނުލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދަން "ދެން" އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
ސަނީފަށް އަނިޔާ އެއް ނުކުރާތި!
މިއީ އިންޒާރެއް ނޫން.