ޚަބަރު

މީހުން ދިިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތަކީ ކޮބައިތޯ ހޯދަން ޖެހޭ: ޝަހީމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭނެ ގޮތްތަކަކީ ކޮބައިކަން ހޯދަންޖެހޭ ކަމަށް މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު ޝަހީމް ވިދާޅުވީ ރާއްޖެއަށް އިތުރު އާމްދަނީ އާއި ކުރިއެރުމާއި ތަރައްގީ ހޯދުމަށް، މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭނެ ގޮތްތަކަކީ ކޮބައިކަން ހޯދަންޖެހޭ ކަމަށެވެ.

އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ބަޖެޓު ފާސްކޮށްގެން، ބަޖެޓުގެ ފައިދާ ރައްޔިތުންނަށް ލިބިގެން ދިއުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށް ޓަކައި ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރަން ޖެހޭ ކަމަށާއި ރާއްޖެއަށް ވަންނަ ފައިސާ އިތުރު ކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ކުރިން ގެސްޓްހައުސް ހެދުމަށް ވެސް ރައްޔިތުން ދެކޮޅު ހެދިކަން ޝަހީމްގެ ވާހަކައިގައި ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ނަމަވެސް މިހާރު އެކަމުގެ ފައިދާ ސީދާ ރައްޔިތުންނަށް ކުރާ ކަމަށް ރައްޔިތުން ވެސް ޤަބޫލުކުރާ ކަމަށެވެ.

"ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށިގެން ދިޔައީމާ އެރަށްރަށުގެ ރައްޔިތުން ކާފަރު ވެގެނެއް ނުދޭ. އެ ރަށްރަށުގެ ރައްޔިތުން އެ ވިޔަފާރިއާ އެކުގައި އުޅެން މިހާރު އެދަނީ ދަސްކުރަމުން" ޝަހީމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!