ގެއްލިގެން ހޯދަމުން ދިޔަ 4 އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

އދ. ފެންފުށީގައި ގެއްލިގެން ހޯދަމުންދިޔަ ހަތަރު އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ވިދާޅުވީ މިއަދު 1520 ކަން ހާއިރު 4 އަހަރުގެ ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ލިބިފައިވާ ކަމަށާއި، އެކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މޫދުން ކަމަށެވެ.
އަދި ހެލްތް ސެންޓަރަށް އެކުއްޖާ ގެނައިއިރު ވެސް ނިޔާވެފައިވާ ކަމަށް ފެންފުށީ ހެލްތު ސެންޓަރުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ވެސް، ފުލުހުން ބުނެފައި ވެއެވެެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިހާދިސާއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.