ބޮލީވުޑް މުނިފޫހިފިލުވުން

މީރު ކާއެއްޗެއް ފެނުމުން ޕްރިޔާންކާއަށް ވެސް ނުކައި ނުހުރެވޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ މީހުންނަށް އަބަދުވެސް ޤަބޫލު ކުރެވިފައި އޮންނަނީ، އެކްޓްރެސުންނަކީ ގިނައިން ކާ ބައެއް ނޫން ކަމަށާއި އެމީހުން އަބަދު ވެސް އުޅޭނީ ހަށިގަނޑަށް ބަލައިގެން ކަމުގައެވެ.

Ads by Sosun Fihaara

ނަމަވެސް ބޮލީވުޑް އަދި މިހާރު ހޮލީވުޑްގައި ވެސް މަސައްކަތްކުރާ ޕްރިޔާންކާ ޗޯޕްރާ ޖޯނަސް މިވަނީ މިއީ ދޮގެއްކަން ހާމަ ކޮށްދީފައެވެ.

މަޝްހޫރު މީހެއް ކަމުގައި ވިޔަސް، އޭނާގެ ދިރިއުޅުމުގެ ކުދިބޮޑު އެކި ކަންކަން އަބަދުވެސް މީސް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނާ ހިއްސާ ކުރަމުން އަންނަ ޕްރިޔާންކާ، މިފަހަރު ހިއްސާ ކުރީ އާދީއްތަ ދުވަހު އޭނާ ކެއި ނާސްތާއެވެ.

ޕްރިޔާންކާ އެތައްޓަށް އަޅާފައިހުރި ކާއެއްޗެހި ފެނިފައި ކޮންމެ މީހަކު ވެސް އެތަކެއްޗަށް ދަހިވާނެކަން ޔަގީނެވެ. އޭގައި ނެތް އެއްޗެއް ނެތެވެ. ވޮފްލްސް އާއި، ކެއްކި ބިހާ، ބިސްގަނޑާ، ފިހުނު ކުކުޅު މަހާއި، ބަނަހުގެ އިތުރުން އެކި މޭވާ ވެސް އަޅާފައި ހުއްޓެވެ.

އެފޮޓޯގައި ފެންނަން ހުރި ކާތަށީގެ އިތުރުން މީހުން ދެން އެންމެ އަޅައިގަތީ ފޮޓޯގައި ޕްރިޔާންކާގެ "އެކްސްޕްރެޝަން" އަށެވެ. ކާއެއްޗެހި ފެނިފަ ޕްރިޔާންކާ އަށް ވެސް ނުހުރެވޭކަން އޭނާގެ މޫނަށް ވެފައިހުރި ގޮތުން ވެސް ހާމަވެއެވެ.

Ads by Allied Insurance
  1. ޒިމްޒިމް

    ގުއި ރަވާގަތީމަ ޕްރިޔަންކާއަކަށްވެސް ނުހުރެވޭނެ.. ގަޔަށް ނަމަވެސް ރޭންޖެހޭނީ

  2. ކެކެކެ. ޒިމްޒިމް ތިބިނީ ހަމަރަގަޅަށް