ޚަބަރު

ޖެހިލުމެއް ބިރެއް ނެތި އަނެއްކާ ވެސް ދިވެއްސަކު ދީނަށް ފުރައްސާރަ ކުރަނީ ، ފުލުހުން ހިމާޔަތް ދިންކަމުގެ ތުހުމަތު!

އާއިޝަތު އަލީނާ ، ދެން އޮންލައިން

އެއްވެސް ދީނެއް ގަބޫލު ނުކުރާ ކަމަށް ބުނެ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރަމުންދާ އިތުރު ދިވެއްސެއްގެ މައްސަލަ ފެންމަތި ވެއްޖެއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހަކީ އައްޑޫ ސިޓީ ހިތަދޫ ރައްޔިތެއް ކަމަށްވާ ޢަލީ އާނިމް މުފީދެވެ. މީނާގެ މީސްމީޑިއާގެ އެކައުންޓްތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ އެތަކެއް ޕޯސްޓް ހިމެނެއެވެ. އޭނާގެ ވާހަކަތައް ހިއްސާ ކުރަމުން ފޭސްބުކް ޕޭޖް ދާރުލްއަރްގަމްގައި ބުނެފައި ވަނީ "(އޭނާއަކީ) ސޯޝަލް މީޑިއާގައި ދީނަށް ހަޖޫ ޖަހާ ފުރައްސާރަ ކުރަމުން އަންނަ އެއްވެސް ދީނަކަށް ނޫޅޭ ކަމަށް ދަޢުވާ ކުރާ މީހެއް" ކަމަށާއި " މީނާ ދީނަށް ފުރައްސާރަ ކުރާތާ އެތައް އަހަރެއް ވެއްޖެ" ކަމަށެވެ. އަދި ފުލުހުން އޭނާ ހައްޔަރުކޮށް ދަޢުވާ ކުރުމުގެ ބަދަލުގައި ހިމާޔަތް ދީފި ކަމަށާއި އޭނާ ވަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫން ވެސް ފަތުރާފައި ކަމަށެވެ. ހަމައެހެންމެ ދީނުގެ ކަންކަމަށް ހަޖޫ ޖަހާ އައުގުރާނަ ވެސް ގޮވާފައިވާ ކަމަށް އެ ޕޭޖުން ބުނެފައި ވެއެވެ.

https://www.facebook.com/daralarqam4/posts/131894795385911

އޭނާއާ ބެހޭ ގޮތުން ޝައިޚް އާދަމް ނިޝާން ބުނެފައި ވަނީ އެފަދަ މުރުތައްދުންނާމެދު އިސްލާމީ ޝަރީއަތުގައި އޮތް ޙުކުމް ތަންފީޒު ނުކުރާ ތަނުގައި ތިމާމެންގެ އަމިއްލަ އަތުން ހަދާފައިވާ ފިޔަވަޅުތައް ވެސް ނާޅާ މިނިވަންކަމާއެކު އުޅެން ދޫކޮށްލާފައި ބައިތިއްބާނަމަ އެފަދަ މީހުންނާމެދު ގޮތް ނިންމަން މުސްލިމު ރައްޔިތުން ނުކުންނާނެ ކަމަށާއި އެއީ އިސްލާމީ ތާރީޚް ހެކިދޭ ކަމެއް ކަމަށެވެ.

މީސްމީޑިއާގައާއި އާންމުކޮށް ރައްޔިތުންގެ ތެރޭގައި ދީނަށް ފުރައްސާރަކޮށް ހަޖޫ ޖަހަމުން ދާއިރު ވެސް އެކަމަށް ފިޔަވަޅެއް ނާޅާކަން ފާހަގަކޮށް ދީނީ ޢިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ލާދީނީ ރިޕޯޓް ނެރުނު އުތެމައާއި އެމްޑީއެންގެ މަސްޢޫލުވެރީންނަށް ފިޔަވަޅު ނާޅާ އަދި އެތަންތަނުގެ އިސް ބޭފުޅުން ދައުލަތުގެ ތިންބާރުގެ އިސްމަގާމުތަކުގައި ތިއްބަވަމުންދާކަން ދީނީ ޢިލްމުވެރީން ދަނީ ތަކުރާރުކޮށް ފާހަގަކޮށް އެކަމުގެ އުދާސްތައް ހާމަ ކުރަމުންނެވެ.

Ads by HDC
  1. #ބޭން އަލީ މުފީދު

    އެތަކެއް އަހަރުވެގެން މިދިޔައީ، އޭނާގެ ކަންތައްތައް ފަޅައިގެންދާ ކޮންމެ ފަހަރަކު ހުރިހާ ޓިވީޓެއް ޑިލީޓުކޮށް،، އެއީ ތިމަންނަ އާއި ނުވާ ކަންކަމަށް ހަދައެވެ. ދީނީ ‘ހަރުކަށި’ މީހެއް ނަމަ ޑިލީޓް ކޮއްފައިވާ ޕޯސްޓެއް ރިޓްރިވް ކުރެވެން އޮތްގޮތަކަށް ރިޓްރީވް ކޮއްގެން ފިޔަވާޅު އެބަ އަޅާ!

  2. ްައްޔަ

    އެއްދުވަހު ބުނޭ ތިމަން، އެގް ނޮއިސްޓިކް އޭ،، އނެއްް ދުވަހު މިއީ ހާފް މުސްލިމް އޭ! ސަޗް އަ ޑިސީވާ ހީ އިޒް

  3. ާފަޒުލީން މުހައްމަދު

    އޭނާވަނީ ގަތުލުކުރަން. ނުވަތަ ދަންޖައްސަން.

    • ޔުއާން

      އޭނާަ އަށް ހިދާޔަތް ދެއްވާށި.

  4. ސައިތޯނާ

    ކަލޭމެން އުޅެން ބޭނުން ވާގޮތަކަށް އުޅެބަލަ! އޭނަ އިސްލާމަކަށް ވާން ބޭނުން ނުވަންޔާ އޭނަ އެހެން އުޅެދާނު! ކަލޭމެނަށް ކޮން ކަމެއްތަ ؟