ފިރިމީހާގެ އެހީއާއެކު އަނުޝްކާ މާބަނޑު ދުވަސްވަރު ވެސް ކަސްރަތު ކުރޭ!

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރްމާ ބަލިވެ އިނުން ވެގެން ދިޔައީ އޭނާގެ ގާތް މީހުންނާއި ފޭނުން ވެސް ވަރަށް އުފާވި ޚަބަރަކަށެވެ.
ބަލިވެ އިންކަން އިއުލާނު ކުރި ދުވަހުން ފެށިގެން މަންމަ އަކަށް ވާން އުޅޭތީ އެކަމާ އުފާވާވަރު ހާމަކޮށް އަނުޝްކާ އަންނަނީ އޭނާގެ މިހާރުގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތް ވެސް ހިއްސާ ކުރަމުންނެވެ.ދާދި ފަހުން އިންސްޓަގްރާމް ގައި އޭނާ ހިއްސާ ކޮށްފައި ވަނީ، މާބަނޑު ދުވަސްވަރު ވެސް އޭނާ ކަސްރަތު ކުރާ ކަމެވެ.
އަނުޝްކާ ބުނެފައި ވަނީ މާބަނޑު ދުވަސްވަރު ކަސްރަތު ކުރާ ނަމަވެސް ، ޚާއްސަކޮށް ޔޯގާ ފަދަ، ހަށިގަނޑަށް ގޮތްގޮތް ހަދައިގެން ކުރާ ކަސްރަތުތައް ކުރަން ވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
އެގޮތުން ޔޯގާ ކުރަން އަނުޝްކާ އެކޮޅު ކޮޅުން ޖެހިގެން އޮތް އިރު، އޭނަގެ ފިރިމީހާ ވިރާތު ކޯލީ ހުރީ އަނުޝްކާ ވެއްޓުނަ ނުދީ އޭނާގެ ފައިގައި ހިފަހައްޓައިގެންނެވެ.