ޚަބަރު

ނ.ކ.ޝ ޢިއްޒަތްތެރިޔާ ހުސައިން ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް މަޢުމޫން ތައުޒިޔާ ދަންނަވައިފި

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެވެރިޔާ (ނކޝޢ) ޙުސެއިން ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.

ރައީސް މަޢުމޫން ކުރެއްވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޖްތަމަޢަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ނ.ކ.ޝ ޢިއްޒަތްތެރިޔާ ޙުސައިން ޢަބްދުﷲ އަވަހާރަވުމުގެ ހިތާމާގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

މަޝްހޫރު ވިޔަފާރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ ޙުސެއިން ޢަބްދުﷲ (88އ.) ކޯވިޑް އަށް ފައްސިވެގެން އަވަހާރަވީ ރޭ 23:15 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ނިޔާވީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަނާއަކީ ރާއްޖެއިން މިބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ.

ޙުސެއިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސެއިން ކަލޭފާނު ފާހަގަ ކުރެވިފައިވަނީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްސަ ބޭފުޅެއްގެ ގޮތުގައެވެ.
ޙުސެއިން ޢަބްދުﷲ އަކީ މަރޮށީ ކަތީބުކަމުގައި ހުންނެވިއިރު އެރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި މަރޮށީގެ ރައްޔިތުންނަށް ހިތްޕުޅުގައި ވަރަށް ޚާއްސަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!