Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

މާލެ ސަރަހައްދުގައި ހިމެނޭ ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

ދުން އަރާ ފަދަ އިންޖީނުލީ ދުއްވާ އުޅަނދުތައް އެތެރެކުރުން މަނާކޮށް ތިމާވެއްޓާ ރައްޓެހި، ހިތްފަސޭހަ މާހައުލެއްގެ ކޮންސެޕްޓަށް ހިންގާ ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅޭ ގޮތަށް ހެދުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވިއިރު ހުށަހެޅުއްވި ވައުދެކެވެ.

މާލޭގެ ތަރައްގީގެ ޕްލޭން، މާލެ ސިޓީ ކައުންސިލުން ފާސްކުރީ ވެސް އެ ކަން ވެސް ހިމަނައިގެނެވެ. އެކަމަކު އޭރުގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީގެ ހުއްދަ ވެސް ނުލިބިގެން އެ ކަން ނުވެ ދިޔައީ އެވެ.

Advertisement
Allied — Dhen Online (box)

މިއަދު ސަރުކާރު ގެޒެޓުގައި ޝާއިއުކުރި، މާލޭގެ ޕްލޭނިން ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ވިލިމާލޭގައި އިމާރާތެއް އެޅޭނެ އެންމެ އުސްމިނަކީ 100 ފޫޓު ކަމަށެވެ. އެއީ 10 ބުރީގެ އިމާރާތް އެޅުމަށް ބޭނުންވާނެ އުސްމިނެވެ.

މިހާތަަނަށް ވިލިމާލޭގައި ހުއްދަ އޮންނަނީ އެންމެ އުސްކޮށް ހަ ބުރީގެ އިމާރާތް އެޅުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް