ކޮފީ ދޭން ކިޔައިފައި ފިލައިގެން އުޅެނީ ކޮން ބައެއް؟

މީގެ އަހަރުތަކެއް ކުރިން އަހަރެމެން ރަހުމަތްތެރިންނާ ބައްދަލުކޮށް ހަދަނީ އެމީހެއްގެ ގެއަކަށް ޒިޔާރަތް ކުރުމަށް ފަހުގައެވެ. ނަމަވެސް، ޒަމާން ބަދަލުވަމުން އައިސް މިހާރު މުޅިން ކަހަލަ ގޮތަކަށް ރަހުމަތްތެރިންނާ ބައްދަލުކޮށް ހަދަނީ ކޮފީ މޭޒުތައް މަތިންނެވެ.
ޒުވާނުންނާއި ހަރު އުމުރުގެ މީހުންނަށް ބަލައިލިއަސް މިކަން އޮތް ގޮތަކީ މިއީއެވެ. ކަންމިހެން އޮތްއިރު، ގިނަ ފަހަރަށް ކޮފީއެއް ދޭން ރަހުމަތްތެރިއެއް ގާތު ބުނުމުން އެމީހެއްގެ ޚަބަރެއް ނުވާނެއެވެ. ދެން އުޅޭނީ ކޮފީ ދޭން ޖެހިދާނެތީ ފިލައިގެންނެވެ.
މިހެން ފިލައިގެން އުޅޭ ރައްޓެހިންނަށް މެސެޖެއް ކުރުމުން ރިޕްލައި ވެސް ނުކުރާއިރު ގުޅައިލުމުން ފޯނު ވެސް ނަގަނީކީ ނޫނެވެ. އެންމެ ފަހުން ކޮފީ ހޯދަން ޖެހެނީ މަގުމަތިން ދިމާވުމުންނެވެ.
މަގުމަތިން ދިމާވުމު ންވެސް ބައެއް މީހުން މިގަޑީ ވަރަށް ބިޒީއޭ ކިޔައިފައި ބަލާނީ އެތަނަކުން އަވަހަށް ފިލޭތޯއެވެ. މިއީ މުޅި ދުނިޔެ ވެސް ވަރަށް ތަދު ދުވަސްތަކެއް ތަހައްމަލު ކުރަމުން ގެންދާ ދުވަސްވަރެކެވެ. ބައެއް މީހުންގެ ވަޒީފާ ވެސް ގެއްލިފައި ވާއިރު، މިދުވަސްވަރު އެމީހުން ކައިރީ ކޮފީ ދޭން ނުކިޔާ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކޮފީއެއް ދިނުން ރަނގަޅު ވާނެއެވެ.
އެކަމަކު ވަޒީފާ އެއްގައި އުޅެމުން ކޮފީ މޭޒުތައް މަތީގެ ސްނެޕްތައް ފޮނުވާ ރައްޓެއްސެއް ހުރިނަމަ ހުރި ނަމަ ކޮފީ ދޭން އެ މީހަކަށް ހަނދާން ކޮށްލަދޭށެވެ.