ފަރެސްމާތޮޑާގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާފައި ވަނީ 2017 ވަނަ އަހަރުއެވެ.
ފަރެސްމާތޮޑާގައި ހުރި ބީއެމްއެލްގެ އޭޓީއެމްއަށް ގެއްލުން ދީފި

ގދ. ފަރެސްމާތޮޑާގައި ގާއިމް ކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއަށް ބަޔަކު ގެއްލުން ދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފަރެސްމާތޮޑާގައި ހުންނަ ބީއެމްއެލް އޭޓީއެމް ހުންނަ އިމާރާތަށާއި އޭޓީއެމްއަށް ގެއްލުން ދީފައިވާ މައްސަލައެއް ރޭ ދަންވަރު 3:15 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް މި މައްސަލަ އާ ގުޅުން ހުރި އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.