އެމެރިކާ އޭޝިއާ ދުނިޔެ

އެމެރިކާ އާއި ޗައިނާގެ ހޫނުމިން 50 ސެލްސިއަސްގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ހޫނުމިން ދުވަހެއްދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެމެރިކާ އާއި ޗައިނާގެ ހޫނުމިން 50 ސެލްސިއަސްގައި ހުރި އިރު ޔޫރަޕްގެ ގައުމުތަކަށް އިތުރަށް ހޫނުވާނެ ކަމަށް ޔޫއެންގެ މޫސުމާބެހޭ އެޖެންސީއިން ބުނެފިއެވެ.

Ads by WAMCO

އެއެޖެންސީއިން ބުނެފައިވާގޮތުގައި ދެކުނު އަދި އިރުމަތީ ޔޫރަޕްގެ ހޫނު ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ސާޑީނިއާގެ ހޫނުމިން 46 ސެލްސިއަސް (115އެފް) ގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ގަދަ ހޫނުގެ ސަބަބުން ގްރީސްގައި އަލިފާން ރޯވެ 1،200 ކުޑަކުދިން ހޮލިޑޭ ކޭމްޕުތަކުން ނެރެފައިވާއިރު، އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ 16 ސިޓީއަކަށް ރެޑް އެލާޓް ނެރެފައެވެ.

ޔޫރަޕުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހޫނު ފިނިހޫނުމިން ރިކޯޑު ކުރެވިފައިވަނީ  2021 ވަނަ އަހަރުގެ އޮގަސްޓް މަހު  ސިސިލީގައެވެ. އެގޮތުން އެއަހަރު ސިސިލީ އަށް 48.8 ސެލްސިއަސްއަށް ހޫނުމިން ވަނީ މައްޗަށް ގޮސްފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ މެޓް އޮފީހުން ބުނީ ޗައިނާގެ ޝިންޖިއާންގައި މިދިޔަ އާދީއްތަ ދުވަހު 52.2 ސެލްސިއަސް އަށް ހޫނުމިން ރިކޯޑު ކުރެވުނު ކަމަށެވެ.

ކެލިފޯނިއާގެ ޑެތު ވެލީ އާދީއްތަ ދުވަހު 53.9 ސެލްސިއަސް އަށް ރިކޯޑު ކުރެވުނު އިރު މިހާތަނަށް ދުނިޔޭގައި ރެކޯޑް ކުރެވިފައިވާ އެންމެ މަތި ހޫނު މިނަކީ 56.7 ސެލްސިއަސް އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!