ކުޅިވަރު

މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުން މިރޭ! މެޗު ބަލަން ތައްޔާރުތަ؟

އައިކާ ޔުނާން ، ދެން އޮންލައިން

އެއްވެސް  ޝައްކެއް  ނެތް  ގޮތުގައި މިޒަމާނުގެ  ފުޓްބޯޅައިގައި އެންމެ  ވާދަވެރި  ދެ  ކުޅުންތެރިންނަކީ  އާޖެންޓީނާއަށް  ނިސްބަތްވާ  ލިއޮނެލް  މެސީ  އާއި  ޕޯޗުގަލްގެ  ކްރިސްތިއާނޯ  ރޮނާލްޑޯ  އެވެ.  އަނެއްކާވެސް  ދުވަސްތަަކަކަށް  ފަހުގައި  މި  ދެ  ކުޅުންތެރިންގެ  ކުރިމަތިލުމެއް  މިރޭ  އޮތްްްއިރު  މިރޭގެ  މެޗު  ބަލަން  ތައްޔާރު  ހެއްޔެވެ؟

Ads by MWSC

މިއަހަރުގެ  އޮކްޓޫބަރު  މަހު  ޗެމްޕިއަންސް  ލީގުގެ  ގުރު  ނެގުމާއެކު  ގިނަ  ބަޔަކު  އެދިގެން  ތިބިގޮތަށް  ރޮނާލްޑޯ  ކުޅެމުން  އަންނަ  ޔުވެންޓަސް  އާއި  މެސީގެ  ބާސެލޯނާ  ލައްވާލީ  އެއް  ގުރޫޕަކަށެވެ.

ގްރޫޕް  ޖީގައި  މި  ދެ  ޓީމު  ލައްވާލި  އިރު،  މިހައިތަނަށް  ބާސާ  އޮތީ  ކުޅުނު  ހުރިހާ  މެޗެއް  ކާމިޔާބު  ކޮށްގެން 15  ޕޮއިންޓާއި  އެކު  ތާވަލުގެ  އެއް  ވަނައިގައެވެ.  ދެވަނައިގައި  ޔުވެންޓަސް  އޮތީ  އެއް  މެޗުން  ބަލިވެގެން  12  ޕޮއިންޓާއި  އެކުގައެވެ.  މި  ދެ  ޓީމުންވެސް  ލީގުގެ  ދެވަނަ  ބުރުން  ޖާގައެއް  ކަށަވަރު  ކޮށްފައިވީ  ނަމަވެސް،  މި  މެޗު  ފަސޭހަ  ނުުކުރާނެކަމަށް  ދެ  ޓީމުންވެސް  ވަނީ  ބުނެފައެވެ.

މިރޭގެ  މެޗަކީ  ރޮނާލްޑޯ  ޔުވެންޓަސް  އަށް  ބަދަލުވިފަހުން  މެސީއާ ދެކޮޅަށް  ކުޅޭ  ފުރަތަމަ  މެޗުކަމުން  ގިނަ  ބަޔަކު  ތިބީ  މިރޭގެ  މެޗު  ބެލުމަށް  ކެތް  މަދުވެފައިކަން  ފާހަގަކޮށްލެވެއެވެ.

ރާއްޖެ  ގަޑިން  މިރޭ  ދަންވަރު  01:00  ގައި  މެޗު  ކުޅުމަށް  ހަމަޖެހިފައިވާއިރު،  ޔުވެންޓަސް  އިން  ތާވަލުގެ  އެއްވަނައިގައި  ގްރޫޕް  ސްޓޭޖު  މެޗުތައް  ނިންމާލަން  ބޭނުން  ނަމަ  2  ލަނޑުގެ  ތަފާތުން  މެޗު  ކާމިޔާބު  ކުރަން  ޖެހޭނެއެވެ.  މިރޭގެ  ފޯރިގަދަ މެޗު  ބެލުމަށް  ތައްޔާރު ހެއްޔެވެ؟

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!