ޚަބަރު

އިތުރު 43 މީހަކު ކޮވިޑަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެ އިން އިތުރު 43 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 10 ޖެހުމާއި ހަމައަށް އިތުރު 43 މީހަކު ފައްސިވެފައިވާ ކަމަށާއި، މީގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި، 28 ބަންގްލަދޭޝް މީހުންނާއި، އިންޑިއާ 4 މީހެއްގެ އިތުރުން ނޭޕާލް މީހެއް ކަަމަށެވެ.

އެއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1186 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އޭގެ ތެރެއިން ވެސް ބަންގްލަދޭޝް މީހުން ގިނަ ކަން ފާހަގަކޮށްލަން ޖެހެއެވެ. އެގތޮުން މިހާތަނަށް ބަންގްލަދޭޝް އިން ޖުމްލަ 609 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މިހާތަނަށް މި ބަލި ޖެހިފައިވަނީ 414 ދިވެހިންނަށެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 81 މީހަކަށް ބަލިން ޝިފާ ލިބިފައިވާއިރު 4 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!