ލައިފްސްޓައިލް

ދޭތެރެ ޖައްސާ މީހުން ދެކެ ވަރަށް ފޫހިވޭ!

އައިކާ ޔުނާން ، ދެން އޮންލައިން

މި  ގައުމަކީ  ދުނިޔޭގެ  އެހެން  ކަންކޮޅުތަކާ  ބަލާފައި  މަދު  މީސްކޮޅެއް  އުޅޭ  ގައުމެކެވެ.  ބަލާލާ  ކޮންމެ  ދިމާލަކުން  ފެންނަނީ  މުޅިން ވެސް  ދަންނަ  މީހުންނެވެ.  މުޅިންވެސް  ތިބެނީ  ދެކެފަރިތަ  މީހުންނެވެ.  މި  މުޖުތަމައުގައި  ދޭތެރެ  ޖެއްސުމަކީ  ވަރަށް  ބޮޑު  އިޖުތިމާއި  މައްސަލައެއް  ކަމަށް  އެންމެންވެސް  ދެކޭނެކަން  ޔަގީނެވެ.

Ads by Sosun Fihaara

ދެބައޮޑުވުން،  ނުވަތަ  "މަސް  ކެއުން"  މިއީ  މުޅިން ވެސް  ދޭތެރޭ  ޖައްސާ  މީހުންގެ  ވާހަކަ  ދައްކާ  އިރު  އިވޭނެ  ބަސްތަކެވެ.  އަހަރެމެންގެ  ރަހުމަތްތެރިންނޭ  ކިޔާ  މީހުންގެ  ތެރޭގައި  މިފަދަ  މީހުން  ގިނަ ކަމުން  ހަމަ  ހައިރާންވާ  ވަރުވެއެވެ.

އެގޮތަށް  ކަންތައް  ކުރަނީ  އަންނަ  ރުޅިއަކުން  ކަމެއް  ނުވަތަ  ކުރާނެ  ކަމެއް  ނެތިގެން  ކަމެއް  ނޭނގެއެވެ.  ފަހަރުގައި  އެމީހުން  އެހާ  ގަޔާވާ  މީހަކަށް  ނުވުމުން  ދޭތެރެ  ޖައްސަނީ  ކަމަށްވެސް  ވެދާނެއެވެ.

އެގޮތަށް  ކަންތައް  ކުރާ  ކިތަންްމެ  ބަޔަކު  އެނގެއެވެ.  ނޭނގޭ  ކަމަށް  ހަދައިގެން  ހުންނަނީ  އިތުރަށް  ބުނާނެ  އެއްޗެއް  ނެތުުމުންނެވެ.  މައްސަލަ  ބޮޑު  ކުރަން  ބޭނުން  ނުވާތީއެވެ.  އެއްވެސް  ހާލެއްގައި  ކަންތައް  ވާގޮތް  ނޭނގޭތީއެއް  ނޫނެވެ.

ދޭތެރެ  ޖައްސާ  މީހުންނަށް  ހީވާ  ގޮތުގައި  އެފަދަ  ވާހަކަތައް  ދައްކައިގެން  އެހެން  މީހުންނާ  ގުޅުން  ބަދަހި  ކުރެވޭނެއެވެ.  އެކަމަކު  ހަގީގަތުގައި  އެވާހަކަތައް  އަޑުއަހާ  މީހުން ވެސް  އެމީހުންގެ  ސިއްރުތައް  އެފަދަ  މީހެއް  ކައިރީ  ބުނަން  ފަސްޖެހޭނެކަމީ  ޝައްކެއް  އޮތް  ކަމެއް  ނޫނެވެ.

މިގޮތަށް  ދޭތެެރެ  ޖެއްސުމަކީ  ދީނުގައި ވެސް  ވަރަށް  ބޮޑަށް  މަނާ  ކުރައްވާފައިވާ  ކަމެއް  ކަމުގައިވާއިރު  އެފަދަ  ކަންކަން  ކުރާ  މީހުންނަށް  ހެޔޮ  ވިސްނުން  ދެއްވައި  އެ  ނުބައި  އާދަ  ދޫކޮށްލާނެކަމަށް  އުއްމީދު  ކުރަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!