Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮންގްރެސްގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން ތޯރިގު އިސްތިއުފާދެއްވައިފި

ކޮންގްރެސްގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން ތޯރިގު އިސްތިއުފާދެއްވައިފި

ވެރިކަންކުރާ މައި ޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފި އެވެ.

ޑެޕިއުޓީ ލީޑަރުކަމުން ތޯރިގު އިސްތިއުފާ ދެއްވިކަން ޕީއެންސީގެ މަޖިލީސް މެންބަރުންތަކެއް ވަނީ "ދެން އޮންލައިން" އަށް ޔަގީންކޮށްދީފަ އެވެ. އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އެނގިފައެއް ނުވެ އެވެ. ފޯނަށް ޖަވާބު ނުދެއްވާތީވެ ތޯރިގުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ތޯރިގު، ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް އައްޔަންކުރެއްވީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް