Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގިރާވަރާއި ގުޅީފަޅުން ބިންތައް ބޭނުންކޮށް މާލޭން ހުސް ޖާގަތައް ހޯދަން އެދިއްޖެ

ގިރާވަރާއި ގުޅީފަޅުން ބިންތައް ބޭނުންކޮށް މާލޭން ހުސް ޖާގަތައް ހޯދަން އެދިއްޖެ

މާލެ އަތޮޅު ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމަށް ފަހު މާލޭގައި ދައުލަތުން ބޭނުންކުރަމުންދާ ބިންތައް ހުސްކުރުމުގެ ގޮތުން އެ ތަނުގެ ބިން ބޭނުން ކުރުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ސަރުކާރުގައި އެދިވަޑައިގެންފި އެވެ.

މާލެ ސިޓީގެ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމުގައި އާންމުންނަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމުގެ ކުރިން ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ދާނީ މާލޭގެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް އެއްބާރުލުން ދެމުން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މާލޭގެ މަގުތަކުގެ ޓްރެފިކް މެނޭޖު ކުރުމަށާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ފަށާފައިވާ "މާލެ ފަހި" ޕްރޮގްރާމްގެ ކަންކަން ތަންފީޒު ކުރަން ސިޓީ ކައުންސިލުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެ ގޮތުން މާލޭގެ ވެހިކަން ކެރިން ކެޕޭސިޓީ ނުވަތަ މާލޭގައި ބޭނުންކުރެވޭ ވެހިކަލްތަކުގެ އެންމެ ދަށް އަދަދު ކަނޑައެޅުމުގެ މަސައްކަތް ކައުންސިލުން ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ފަހުގައި މާލޭ ރައްޔިތުންނަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމާއި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ހުސް ޖާގަތައް ހޯދުމަށް ބައެއް މަސައްކަތްތައް ސަރުކާރުން ކުރުމަށް އާޒިމް އެދިވަޑައިގަތެވެ. އެ ގޮތުން ގުޅީފަޅާއި ގިރާވަރުފަޅުން ދައުލަތަށް ބިންތައް ދީ، މާލޭގައި ހުރި އެފަދަ ބިންތައް ހުސްކުރުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

<span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">"ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީ ކުރަމުން ދާއިރު، މާލޭގައި ދައުލުތަގެ ކުންފުނިތަކަށް ދީފައި ހުރި ބިންތަން ގިރާވަރާއި ގުޅިފަޅަށް ބަދަލުކޮށްދިނުމަށް މާލޭ ރައްޔިތުންގެ ފަރާތުން ދަންނަވަން،" އޭނާ ވިދާޅުވި އެވެ.</span>

ދައުލަތުގެ މައި ކުންފުނިތަކުގައި އިސް މަގާމުތައް އަދާކުރައްވާފައިވާ އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ހިތްހަމަޖައްސާލައި ތިބެވޭނެ މައިޒާންތަކާއި ޕާކުތައް ވެސް ގާއިމު ކުރުމަށް ސިޓީ ކައުންސިލުން ބޭނުންވާ ކަމަށެވެ. އެ ބިންތަކަށް ވެސް ޖާގަ ހޯދަން ޖެހޭ ކަމަށެވެ.

ގުޅީފަޅު ނުވަތަ ގިރާވަރުފަޅުގައި ލޯންޗުފަހަރުތައް ބަނދަރުކޮށްފައި ބެހެއްޓޭނެ މެރިން އެރީނާއެއް ތަރައްގީކޮށްދިނުމަށް ވެސް އާޒިމް އެދިވަޑައިގަތެވެ. އެއީ ވެސް މާލޭގެ ފަޅަށް ލުޔެއް ހޯދުމަށް ކުރަން ޖެހޭ ކަމެއް ގޮތަށް އޭނާ ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް