ހިކެން ބޭނުން ނަމަ މި ކަންކަމަށް ސަމާލުވޭ، ނަތީޖާ ފެންނާނެ!
ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތު ވަރަށް މުހިއްމެވެ. ހަމައެއާ އެކު މީހާގެ ބަރުދަން ލުއިކުރުމަށާއި ބަރުދަން އެއްވަރެއްގައި ހިފަހެއްޓުމަށް ވެސް ކަސްރަތަކީ ހަމަ ވަރަށް ވެސް މުހިއްމު ބައެކެވެ. އެކަމަކު މާ ގަދަޔަށް ކަސްރަތު ނުކުރިއެއް ކަމަކު ރަނގަޅު ޑިސިޕްލިންއެއް ހިފަހައްޓަންޖެހެއެވެ. ވަކިން ހާއްސަކޮށް ކެއުމުގެ ވައްޓަފާޅި ކޮންޓްރޯލް ކުރުމެވެ.
ހިކެން ބޭނުން ނަމަ މިއީ ކުރެވިދާނެ ބައެއް ކަންތައް ކަމަށް ތަޖުރިބާކާރުން ލަފާދެއެވެ.

ޕްރޮޓީން އެކުލެވޭ ކާނާތައް ކެއުން
ޕްރޮޓިން އެކުލެވޭ ބާވަތްތައް ގިނައިން ކެއުމަކީ ބަރުދަން ލުއިކުރުމަށް އެހީވެދޭނެ ކަމެކެވެ. ޕްރޮޓިން އެކުލެވޭ ތަކެތި ކެއުމުން ބަނޑުހައިކަން ކުޑަކޮށްދީ، މީހާ ފުރިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވޭނެ އެވެ. އެހެންވެ ޕްރޮޓީނުން މުއްސަނދިވެފައިވާ ބާވަތްތައް އިތުރު ކުރުން މުހިއްމެވެ. އޭގެ ތެރޭގައި ޗިކެން ބްރެސްޓް، މަސް، ޔޯގަޓް، މުގު އަދި އާމަންޑްސް ހިމެނެ އެވެ.
ޕްރޮޓިން އެކުލެވޭ ކާނަތަކުގައި ހިމެނޭ ގްރެލިން އާއި ޖީއެލްޕީ-1 ފަދަ މާއްދާތަކުގެ ސަބަބުން ބަނޑުހައިވުން ކުޑަކޮށްދެ އެވެ.
ފައިބާ އެކުލެވޭ ކާނާތައް ކެއުން
ކުރިން ވެސް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ފައިބާ އެކުލެވޭ ކާނާތަކުން ބަރުދަން ލުއިކުރަން އެހީތެރިވެ ދެ އެވެ. އެގޮތުން ބީންސާއި އޯޓް، އެސްޕެރަގަސް، ސްޕަރައުޓްސް އާއި އޮރެންޖް އަދި ފްލެކްސް ސީޑްކީ ބަރުދަން ލުއި ކުރަން ބޭނުންވާ ނަމަ ކޮންމެހެން ވެސް ގަވައިދުން ކާންޖެހޭ ތަކެއްޗެވެ.
އެފަދަ ބާވަތްތައް ކެއުމުން ގިނަ އިރުތަކެއް ވަންދެން ބަނޑުހައިކަން އިހުސާސް ނުވުމާއި މީހާ ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭނެ އެވެ.
ގިނައިން ފެން ބުއިން
ގިނަގިނައިން ފެން ބޯން އާދަކުރަން ޖެހެ އެވެ. މިއީ މީހާ ޑިހައިޓްރޭޓްވުމުން ވެސް ރައްކާތެރިކޮށް ދޭނެ ކަމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކެއުމުގެ ކުރިން ނުވަތަ ފަހުން ބުއިމަކީ ބަރުދަން ލުއިކުރަން ވަަރަށް ބޮޑަށް އެހީތެރި ވެދޭނެ ކަމެކެވެ.
އެގޮތަށް ދިމާވަނީ، ކެއުމުގެ ކުރިން ފެން ބޮއެފި ނަމަ، ކެވޭ ކާނާގެ މިންވަރު މަދުވެ ބަނޑު ފުރޭނެތީ އެވެ. ކެއުމަށް ފަހު، ރަނގަޅަށް ފެން ބޮއެ ބަނޑުފުރާލައިފި ނަމަ، ބަނޑުހައިވުން ލަސްކޮށް ދޭނެ އެވެ. މީގެ ކުރިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި 12 ހަފުތާގެ މުއްދަތަކަށް ކެއުމުގެ ކުރިން ފެން ބޮއެގެން ބަރުދަން ލުއިވި މީހުންގެ އެ ނޫން މީހުންނަށް ވުރެ 44 ޕަސަންޓް ބަރުދަން ލުއިވެފައިވެ އެވެ.
ޕޯޝަން ކުޑަކުރުން
ކާ ގަޑިތަކުގައި ނަގާ ޕޯޝަން މަދުކުރަން ޖެހެ އެވެ. ތަށި ފުރަންދެން ކާ އެއްޗެހި އަޅައިގެން ކާ ނަމަ، އެތެރެ ކުރެވޭ ކެލޮރީޒްގެ ނިސްބަތް ޔަގީނުން ވެސް މަތިވާނެ އެވެ. އެހެންވެ ކުރަން ޖެހޭ ކަމަކީ ކާ ކޮންމެ ގަޑިއެއްގައި ކާ އެއްޗެއްގެ ޕޯޝަން ކުޑަކޮށް ނެގުމެވެ. ޕޯޝަން ކުޑަކޮށް ކައިފައި، ދޭތެރެ އަވަސްކޮށް އަނެއްކާ ވެސް ކެއުމެއް ނެގުމަކީ ކުރެވިދާނެ ކަމެކެވެ.
ކާ ގަޑީގައި އެކަމަށް ހުސްވުން
މިސާލަކަށް، ޓީވީ ބަލަމުން ނުވަތަ ވީޑިއޯ ގޭމް ކުޅެމުން ކާ ނަމަ، ކެވެނީ ކިހާވަރަކަށް ކަމެއް ނޭނގޭނެ އެވެ. އެހެންވެ ކާ ގަޑިއަކީ އެކަމަށް ހާއްސަ ވަގުތަކަށް ހަދާށެވެ. އެހެންވެ ކެއުމުގެ ތެރެއަށް އެގެން ކަމެއް ވަދެ، ކެއުމަށް ދެވޭ ޝައުގުވެރިކަން ގެއްލިއްޖެ ނަމަ، ގިނަ ފަހަރަށް އޮންނާނީ އޮބި ނޯންނަ ވަރަށް ކެވިފަ އެވެ. އެކަން ރޭކައިލާ އިރު އޮންނާނީ ވަގުތު ފާއިތުވެފަ އެވެ. ވުމާ އެކު ކެއުމަށް ހާއްސަކޮށްފައި އޮންނަ ވަގުތުތަކުގައި އެކަމަށް ފޯކަސް ކުރަން ޖެހެ އެވެ.
ރަނގަޅަށް ހަފައިގެން ކެއުން
ކާ ތަކެތި ރަނގަށް ހަފައިގެން ކެއުމުން ނޫނީ ކާ އެއްޗެހީގައި ހުންނަ ހަގީގީ ރަހަ ވެސް ތަޖުރިބާ ނުކުރެވޭނެ އެވެ. އެހެންވެ ކާއިރު ހަމަޖެހިލައިގެން އިނދެ، ލަސްލަހުން މަޑުމަޑުން ކާން އާދަކުރަން ޖެހެ އެވެ. ރަނގަޅަށް ހަފައިގެން ކާ ނަމަ، ކެވޭ މިންވަރު ވެސް މަދުކޮށް ދޭނެ އެވެ. އަވަސް އަރުވާލައިގެން ކަ ނަމަ އޮންނާނީ ހައްދުން ބޭރުވެފަ އެވެ.
ނިދި ހަމަކުރުމާއި ހާސްކަމާ ދުރުވުން
ދުޅަހެޔޮ ދިރިއުޅުމަށް ނިދި ވެސް ވަރަށް ވެސް މުހިއްމެވެ. އެހެންވެ ރޭގަނޑުގެ ނިދި ހަމަ ކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ހަމަ ނިދި ނުލިބޭ ނަމަ، ސިކުނޑި އަށް ލިބެން ޖެހޭ އަރާމާއި ހަމަޖެހުން ނުލިބި، ސިއްހީ ގިނަ މައްސަލަތައް ކުރިމަތި ވާނެ އެވެ.
އެގޮތުން ފަލަވުމާއި ޓައިޕް 2 ޑައިބެޓީޒް ފަދަ ބަލިތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. ރަނގަޅަށް ނިދި ހަމަ ކުރެވޭ ނަމަ ހާސްކަމާއި ފިކުރުތަކުން ވެސް ސަލާމަތްކޮށްދީ، ދުވަހުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދަން ބާރު އަޅާނެ އެވެ.
ހަކުރު އެކުލެވޭ ބުއިންތަކާ ދުރުވުން
މި ޒަމާނުގައި ހަކުރާއި ކެފެއިން ފަދަ މާއްދާތައް އެކުލެވޭ ބުއިންތަކާ ދުރުގައި ހުރުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. އެކަމަކު ބަރުދަން ލުއިކޮށް، ބަރުދަން އެއްވަރެއްފައި ހިފަހައްޓަން ބޭނުންވާ ނަމަ ވަކިން ހާއްސަކޮށް ހަކުރު އެކުލެވޭ ސޮފްޓް ޑްރިންްކްސް އާއި އެކި ކަހަލަ އެނަޖީ ޑްރިންތަކާ ދުރުވާން ޖެހެ އެވެ.
ޖޫހެއް ބޯލަން ބޭނުން ނަމަ ތާޒާ މޭވާއަކުން ނުވަތަ ތަރުކާރީއަކުން ވެސް ހަކުރު ނާޅައި ޖޫހެއް ގިރައިލެވިދާނެ އެވެ

ޖޫހެއް ބޯލަން ބޭނުން ނަމަ ތާޒާ މޭވާއަކުން ނުވަތަ ތަރުކާރީއަކުން ވެސް ހަކުރު ނާޅައި ޖޫހެއް ގިރައިލެވިދާނެ އެވެ.