ބޮލީވުޑް މުނިފޫހިފިލުވުން

ބޮލީވުޑްގެ މި ފަންނާނުގެ ފޮޓޯ ފެނި ގިނަ ބަޔަކު ބުނީ ވަރަށް “ކިއުޓް” ކަމަށް، މިއީ ކޮން ފަންނާނެއްކަން އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޮލީވުޑުގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މި ފަންނާނުގެ ކުޑައިރުގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާ ކުރުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ލިބިގެން ހިނގައްޖެއެވެ. އެއީ ބޮލީވުޑުގެ ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެއް ތަރި ކަމުގައިވާ އަރުޖުން ކަޕޫރެވެ.

Ads by MWSC

މި ފޮޓޯގައި އަރުޖުން ހުރީ ކުރުކޮށް ބޯކޮށާ، ނޫކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އަދި ބަލާ ބެލުމަށް މި ފޮޓޯއަކީ އަރުޖުން އަށް ނޭނގި ހުއްޓާ ނަގާފައިވާ ފޮޓޯއެއް ހެން ވެސް ހީވެއެވެ. ފޮޓޯ އިންސްޓަގުރާމުގައި ޕޯސްޓު ކުރަމުން އަރުޖުން އަހާފައި އެންމެންގެ ހާލު ކިހިނެއްތޯއެވެ.

އަދި ކޮމެންޓު ސެކްޝަން ބަރާވެފައި ވަނީ އަރުޖުން ކުޑައިރުގެ މި ފޮޓޯއިން އޭނަ ވަރަށް "ކިއުޓް" ކަމަށް ބުނެފައިވާ ކޮމެންޓު ތަކުންނެވެ. އަރުޖުން ކަޕޫރުގެ މި ފޮޓޯއިން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައިގަނެފައެވެ.

އަރުޖުން ކަޕޫރަކީ ބޮލީވުޑުގެ ފިލްމު އިންޑަސްޓްރީގެ އުހުގައި ފިޔަ ޖަހަމުން އަންނަ މަޝްހޫރު ތަރިއެކެވެ. އަދި ގިނަ ދިވެހި އަންހެން ކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ ތަރިއެއް ވެސް މެއެވެ. އަރުޖުން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޓޫ ސްޓޭޓްސް" އާއި "ހާފް ގާލްފްރެންޑް" ފަދަ ހިޓު ފިލްމުތައް ފާހަގަ ކޮށްލެވެއެވެ. އަދި މިހާރު އަރުޖުން ކަޕޫރު އަންނަނީ އޭނަގެ ފަހުގެ ފިލްމު ކަމުގައިވާ "ބޫޓް ޕޮލިސް" ގެ ޝޫޓިންގެ އެންމެ ފަހުގެ މަސައްކަތް ކުރަމުންނެވެ.

  1. އެސޮރު ނޫޅޭ ދިވެހި ރަނޑާލި އަންހެނުންނަށް ބަލާކަށް އެސޮރު ހިތްވަނީ މަލައިކާއަށްދީފަ. އަދި ބުނަން ޓޯ ސްޓޭޓެއްނޫން. ޓޫ ސްޓޭޓް