ދުނިޔެ

ބައިވެރިޔާ ކޮވިޑު-19 އަށް ފައްސި ވުމުން ކައިވެނި ކުރީ "ޕީޕީއީ" ކިޓުގައި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގައި ކައިވެނި ކުރަން އުޅުނު ބައިވެރިޔާ ކޮވިޑް-19 އަަށް ފައްސި ވުމުން ވެސް ކައިވެނި ފަސް ނުކޮށް "ޕީޕީއީ" ކިޓުގައި ކައިވެނި ކޮށްފިއެވެ.

Ads by WAMCO

ކައިވެނި ކުރަން އުޅުނު ދެމީހުންގެ ތެރެއިން ކޮވިޑަށް ފައްސި ވެފައި ވަނީ އަންހެން މީހާއެވެ. އަދި މި އަންހެން މީހާ ކޮވިޑަށް ފައްސިވެފައި ވާކަން އެނގުނީ ކައިވެންޏަށް ދެތިން ގަޑިއިރު ވެފައި ވަނިކޮށް ކަމަށާއި، އޭރު ކައިވެންޏަށް ވާން އޮތް ހުރިހާ ތައްޔާރީއެއް ވެނިމިފައި ވީ ނަމަވެސް ކައިވެނި ކުރީ އެހެންތާކު ކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

މި ކައިވެނީގެ ވީޑިއީ ވަނީ ޓުވިޓާގައި އާންމު ވެފައެވެ. ޓުވިޓާގައި ކައިވެނީގެ ވިޑިއޯ އާންމު ކުރި ހިސާބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ކައިވެންޏަށް ލިބިގެން ގޮސްފައެވެ. ބޭރުގެ މީޑިއާ ތަކުން ކައިވެނި ކުރި މި ދެމީހުންގެ ވެސް ނަން ހާމަ ނުކުރާއިރު، މި ކައިވެނި ފާހަގަ ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ކުރެވުނު ތަފާތު ކައިވެންޏެއްގެ ގޮތުގައެވެ.

އަދި މި ކައިވެނި ކުރެވިފައި ވަނީ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ކަރަންޓީނު ވާން އިންޑިއާގައި ތައްޔާރުކުރެވިފައިވާ މަރުކަޒުގައެވެ. މިހާރު ކައިވެނި ކުރެވުނު އަންހެން މީހާގެ އިތުރުން އެ އާއިލާއިން މި ބައްޔަށް ފައްސިވި އިތުރު މީހަކު ވަނީ ކަރަންޓީނަށް ގެންދެވި ފަރުވާ ކުރަން ފަށައިފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!