ކޮވިޑް-19: ކެލައިން 2 މީހަކު އަދި ވައިކަރަދޫން ކުޑަކުއްޖަކު ފައްސިވެއްޖެ
 
                                                    ހއ. ކެލާ އަދި ހދ. ވައިކަރަދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑް19އަށް ފައްސިވެއްޖެއެވެ.
ވައިކަރަދޫން ފައްސިވެފައި ވަނީ ކަރަންޓީނުގައި ހުރި އުމުރުން 5 އަހަރުގެ ކުއްޖެކެވެ. މި ކުއްޖާއާއެކު އިތުރު 6 މީހުން ހޯމް ކަރަންޓީނުގައި ތިބިއިރު، އޭގެ ތެރޭގައި އިތުރު ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
ކެލައިން ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި 3 މީހުން ގެ ތެރެއިން 2 މީހުންނެވެ.
މި 3 ފަރާތް ވެސް ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނު ނިންމުމަށްފަހު ނެގި ރިލީޒް ސާމްޕަލް ތަކުންނެވެ.
 
Ads by Ooredoo
 
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
