ޚަބަރު

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ނައިބު ރައީސް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ބައްދަލު ކުރައްވައި ނައިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ތައްޔާރު ކުރެވިފައިވާ ޓައިމްލައިންއާ އެއްގޮތަށް މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ކަމާގުޅޭ އިދާރާތަކުން ހޯއްދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ޕްރޮޕޯސަލް އަދި އެ މަރުކަޒު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ހޮސްޕިޓަލުގެ އިސް ވެރިންނާ ޙިއްޞާ ކުރައްވާފައި ވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ކުރެއްވި ޒިޔާރަތުގައި ނައިބު ރައީސް ވަނީ އައު މަރުކަޒު ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވާ ލެއްވުމުގެ އިތުރުން އެ މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތާއެކު، އެ ތަނަށް ބޭނުންވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކޮށްފައެވެ.

ނައިބު ރައީސް ވަނީ މި ފަދަ މަރުކަޒެއް ބިނާ ކުރުމުގައި ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއް ތަނަކުން ލިބޭ ވަށާޖެހޭ އޮނިގަނޑެއް ތައްޔާރު ކުރުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!