Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެއާޕޯޓުގައި އެކްސިޑެންޓް ހިނގީ ޑްރައިވަރަށް ސިއްހީ ހާލަތެއް ދިމާވެގެން

އެއާޕޯޓުގައި އެކްސިޑެންޓް ހިނގީ ޑްރައިވަރަށް ސިއްހީ ހާލަތެއް ދިމާވެގެން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޓެކްސީއެއް ކޮންޓްރޯލް ނުކުރެވި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުން ކަމުގައި އެ އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން އެއާޕޯޓުގެ ޓެކްސީ ލައިނާ ދިމާލުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓާލައިގެން ގޮސް ޖެހިފައި ވަނީ ބޮޑު ޕިކަޕެއްގެ ފަހަތުގަ އެވެ. ކާރުގެ ކުރީކޮޅު ޕިކަޕުގެ ދަށަށް ވަދެ، އެއްކޮށް ހަލާކުވެފައިވާ މަންޒަރު ފެނެ އެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެއާޕޯޓުގައި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 9:45 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ކާރު، ރޯޑް ޑިވައިޑަރުތަކަކާއި ވޭނެއްގައި ޖެހުމަށްފަހު ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
"އެކްސިޑެންޓުގައި އަނިޔާވި ކާރުގެ ޑްރައިވަރަށް ފަރުވާދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގައި،" ފުލުހުންގެ މެސެޖުގައިވެ އެވެ.
އެ ހާދިސާ އާ ގުޅިގެން އެމްއޭސީއެލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެއާޕޯޓުގައި ޓެކްސީއެއް ކޮންޓްރޯލް ނުކުރެވި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުން ކަމަށް ޕްލިމިނަރީ އެސެސްމަންޓްތަކުން ލަފާ ކުރެވޭ ކަމަށެވެ. އެކްސިޑެންޓް ހިނގި ގޮތް އެމްއޭސީއެލުން ބަލަމުން އަންނައިރު، ފުލުހުން ވެސް ގެންދަނީ އެކަން ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް