Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ނުކުރާނެ: ސަރުކާރު

ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ނުކުރާނެ: ސަރުކާރު
ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަނެއްކާވެސް ދީފި އެވެ. ޓިކްޓޮކާއި އެކްސް މަނާ ކުރަން އުޅޭ ކަމުގެ އަޑުތަކެއް މިފަހުން ސޯޝަލް މީޑިއާގައި ދިޔައީ ދައުރުވަމުންނެވެ. އެ ޕްލެޓްފޯމްތައް ރާއްޖޭގައި ބްލޮކްކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވަނީ ދޮގުކުރައްވާފަ އެވެ. ނިމިދިޔަ ހަފުތާގައި އިހްސާން ވިދާޅުވެފައި ވަނީ މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ސޯޝަލް މީޑިއާ ތަރައްގީކޮށް ފުޅާކުރުމަށް ކަމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށާ އަދި އެފަދަ ފިޔަވަޅެއް އެޅުމަށް މަޝްވަރާކޮށްފައި ނުވާކަން ވެސް ފާހަގަކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން، ގާނޫނުއަސާސީގެ އިންތަކާއި ހުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުމެވެ،" ހީނާ ކުރެއްވި ޕޯސްޓުގައިވެ އެވެ.
ޓިކްޓޮކް މަނާކުރަން އުޅޭކަމަށް އަޑުތައް ފެތުރުނުއިރު، ރާއްޖޭގެ ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށް މި ސަރުކާރުން ކުރިން އޮތީ ހާމަކޮށްފަ އެވެ. ޓިކްޓޮކްއަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ވަދެ އުޅޭ އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. އޭގެ ތެރޭގައި ގަވައިދުން ޓިކްޓޮކް ބަލައި އުޅޭ އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ. ރާާއްޖޭގައި އެކްސް ބޮޑަށް ބޭނުންކުރަނީ ސިޔާސީ ކަންކަމުގައި އުޅޭ މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް