ލައިފްސްޓައިލް

ކުޑަކޮށް ފިހިއްޖެ ނަމަ ދޭނެ ކުއްލި ފަރުވާ

ދެން އެމްވީ ، ދެން އޮންލައިން

ބަދިގޭގައި ކައްކަން އުޅޭއިރު ތަނެއް ފިހުމަކީ ހަމަ އާންމު ކަމެކެވެ. ހޫނު ތެއްޔެއްގައި އިނގިލި ޖެހުން ފަދަ ކަމަކުން ނުވަތަ ކައްކަން އުދާފައި ހުރި އެއްޗަކުން ހޫނު ތެޔޮ ނުވަތަ ފެން އެޅިގެން ވެސް ފިހިދާނެއެވެ. އަދި އަވަނުން އެއްޗެތި ނަގާ ގަޑީގައި އަވަނުގެ ތަނެއްގައި ޖެހިގެން ވެސް ފިހުމަކީ ވަރަށް ގާތުގައި އޮންނަ ކަމެކެވެ. އަދި އިސްތިރީގައި ޖެހިގެން އަތް ފިހުމަކީ މި ހުރިހާ ކަމަކަށް ވުރެ ވެސް ގިނައިން ދިމާވާ ކަމެކެވެ.

Ads by STELCO

ފިހުމުން އުނގުޅާ ބޭހެއް ކަމަށްވާ ބާނޯލް ކަހަލަ އެއްޗެއް، ކަމެއް ދިމާވާއިރު ގިނަފަހަރު ގެޔަކު ނުހުރެއެވެ. ކުދިކުދި ތަންތަންކޮޅު ފިހުމަކީ ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހޭ ވަރުގެ ކަމެއްގެ ގޮތުގައި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. އެހެންކަމުން ގިނަ މީހުން ބޭނުން ވާނީ ގޭގައި ހުރި ކޮންމެ ވެސް ބާވަތަކުން ފަރުވާއެއް ހޯދުމަށެވެ.

އެ ގޮތުން ގޭގައި ދެވިދާނެ ބައެއް ފަރުވާތަކުގެ ތެރޭގައި:-

ކަޅު ސައި: ކަޅު ސައިގައި ޓެނިކް އެސިޑް އެކުލެވެއެވެ. މިއީ ފިހިފައިވާ ތަނުގައިވާ ހޫނުތައް ބޭރަށް ދަމައިގަންނަން އެހީތެރިވެދޭނެ އެއްޗެކެވެ. އޭރުން، ފިހިފައިވާ ތަނުން ދިލަ ނެގުން ކުޑަވާނެ އެވެ. ފިނި، ތެތް ޓީ ބޭގެއް، ފިހިފައިވާ ތަނުގައި ބޭއްވުމަށް ފަހު ފޮތިކޮޅެއް އޮޅާލާފައި ބަހައްޓާށެވެ.

މާމުއި: މާމުޔަކީ އެންޓި-ބެކްޓީރިއަލް މާއްދާތައް އެކުލެވޭ އެއްޗަކަށްވާތީ، ފިހިފައިވާ ތަނުގައި މާމުއިކޮޅެއް އުނގުޅާލުމުން އިންފެކްޝަނެއް އަށަނުގަނެ ފަސޭހަ ވާނެއެވެ.

ކިރު: ކިރުގައި އެކުލެވޭ ޕްރޮޓީންސް އާއި ފެޓްސްގެ ސަބަބުން، ފިހިފައިވާ ތަނުން ނަގާ ދިލަ މައިތިރި ކޮށްދީ އެތަނަށް ފިނިކަން އިހްސާސް ކުރެވުމުގެ އިތުރުން އަވަހަށް ފަސޭހަވުމުގެ ފުރުސަތު ވެސް ބޮޑުވާނެއެވެ. ފިހިފައިވާ ތަނަށް ފިނިކޮށްފައިވާ ކިރުން ފަރުވާ ހޯދާށެވެ. ފަނަރަ ވަރަކަށް މިނިޓް ތެރޭ ނަތީޖާ ފެންނާނެއެވެ.

މިންޓް ދަތް އުނގުޅާ ބޭސް: ތަނެއް ފިހޭއިރަށް ވަގުތުން ފެން އިސްކުރު ދޫކޮށް އެތަނަށް ފެން އަޅާ ފިނި ކުރާށެވެ. އަދި ފޮތިކޮޅަކުން މަޑުމަޑުން ހިއްކާލުމަށް ފަހު މިނެޓް ދަތް އުނގުޅާ ބޭސްކޮޅެއް ހާކާލާށެވެ. ވަގުތުން ދިލަކެނޑި ފިނި ވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!