Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

11 މަސްތެރޭ ކުންފުންޏަކަށް 28 މިލިއަން ދައްކަން ފެނަކައަށް ހުކުމްކޮށްފި

11 މަސްތެރޭ ކުންފުންޏަކަށް 28 މިލިއަން ދައްކަން ފެނަކައަށް ހުކުމްކޮށްފި

އަމިއްލަ ކުންފުންޏަކަށް 28 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ފެނަކަށް އިއްޔެ ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި 2022 އާއި 2023 އަހަރު ދިމަހް ޕްރައިވެޓް ލިމިޓެޑްއިން ފެނަކައިން ދޫކުރި މުދަލާއި ހިދުމަތްތަކަށް 31.1 މިލިއަން ރުފިޔާ އަރާ ކަމަށާއި އަދި އޭގެ ތެރެއިން އެ ކުންފުންޏަށް މިހާތަނަށް ދައްކާފައި އޮތީ އެންމެ 3 މިލިއަން ރުފިޔާ ކަމަށެވެ.

އެހެންވެ ދިމަހްއިން ސިވިލް ކޯޓުގައި ކުރި ދައުވާގައި އެދިފައިވަނީ އެ ކުންފުންޏަށް ނުލިބި އޮތް 28.1 މިލިއަން ރުފިޔާ ހޯދައިދިނުމަށެވެ.

Advertisement
Allied Insurance — Square (box)

އެ މައްސަަލައިގެ އިއްޔެ ބޭއްވި އަޑު އެހުމުގައި ފެނަކައިންވެސް އެދިފައިވަނީ ދިމަހްއިން އެދިފައިވާ ގޮތަށް ހުކުމްކޮށް ދިނުމަށެވެ.

އެއާ އެއްގޮތަށް ސިވިލް ކޯޓުން ވަނީ 28.1 މިލިއަން ރުފިޔާ 11 މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 2.5 މިލިއަން ރުފިޔާ ފެނަކައިން ދިމަހްއަށް ދެއްކުމަށް ހުކުމްކޮށްފަ އެވެ.

ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އެތައް މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަދަ މައްސަލަތައް ބައެއް ކުންފުނިތަކުން ކޯޓަށް ވެސް ހުށަހަޅަމުންދާ އިރު ފެނަކައިގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ބައެއް ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ދަނީ ނަގައިދެމުންނެެވެ.

ފެނަކައިން ލިބެން ޖެހޭ ފައިސާތައް ނުލިބިގެން މީގެ ކުރިން އެ ކުންފުނީގެ ހެޑް އޮފީސް ދޮރުމަތީގައި މުޒާހަރާވެސް ކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް