Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަންހެނުންގެ ކޮމިޓީއަށް ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން މަޖިލީހަށް ބިލެއް

އަންހެނުންގެ ކޮމިޓީއަށް ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން މަޖިލީހަށް ބިލެއް

ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުން ލާޒިމުވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި ބިލުގައިވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ކޮމިޓީގެ މެންބަރުންނަށް ދޭން ޖެހޭނެ ކަމަށެވެ.

އެ ކޮމިޓީގެ މެންބަރުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ ފައިސާއަކީ އިނާޔަތެއް ގޮތުގައި ބަޔާންކޮށްފައި އޮންނާތީ ރޯދަ އިނާޔަތް މީގެ ކުރިން ނުދެ އެވެ. އެއީ ވަޒީފާގެ ގާނޫނުގައި އޮންނަނީ ރޯދަ މަހުގެ އިނާޔަތެއް ގޮތަށް 3،000 ރުފިޔާ ދޭން ޖެހެނީ މުސާރައަށް މަސައްކަތްކުރާ ފުލް ޓައިމް މުވައްޒަފުންނަށް ކަމެވެ.

Advertisement
Ooredoo — Square (box)

ރޯދަ މަހަށް މަހެއްހާ ދުވަސްވެފައިވަނިކޮށް، މާދަމާގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާ މި ބިލު ރޯދަ މަސް ފެށެންވާ އިރަށް ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

މީގެ ކުރިން މާލެ ސިޓީގެ ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒަމީރު ހުށަހެޅުއްވި ބިލުގައި އަންހެނުންގެ ކޮމިޓީއަށް، އެ ކޮމިޓީ ނިސްބަތްވާ ރަށު ކައުންސިލަށް ސަރުކާރުން ކަނޑައަޅާ ބަޖެޓުގެ ފަސް ޕަސެންޓް ހާއްސަކުރަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އެ ގޮތުގެ މަތިން އަންހެނުންގެ ކޮމިޓީތަކަށް ލިބޭ ފައިސާ ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ދޫކުރަން ވެސް ޖެހޭނީ ސީދާ އެ ކޮމިޓީއަކަށް ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް