Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލެ ސަރަަހައްދުގައި މާދަމާ މަސްދަޅު ބަހަން ފަށަނީ

މާލެ ސަރަަހައްދުގައި މާދަމާ މަސްދަޅު ބަހަން ފަށަނީ
ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް، ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާދަމާ މާލޭގައި ބަހަން ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ. ސަރުކާރުގެ ގެޒެޓުގައި މާލެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މަސްދަޅު ބެހުން ކުރިއަށް ދާނީ މި މަހުގެ 28 އާ ހަމައަށް ކަމަށެވެ. އެގޮތުން ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:30 ން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ކޭސް ދޫކުރެވޭނެ ޕޮއިންޓުތަކެއް ކައުންސިލުން ކަނޑައަޅާފައިވެ އެވެ. އެއީ:
  • މާލޭ ސިޓީ ކައުންސިލް (ތައިސޭކޮށި، އާންމު ހިދުމަތްތަކާބެހޭ ބައި)
  • މާފަންނު މިފްކޯ (ގޯތިތެރެ)
  • ހުޅުމާލެ ފޭސް 1 (އުމަރުޒާހިރު ބިލްޑިން)
  • ހުޅުމާލެ ފޭސް 2 (ހިޔާ ޓަވަރު 10 ގްރައުންޑް ފްލޯ)
  • ވިލިމާލެ (ސިޓީ ކައުންސިލް އޮފީސް)

މަސްދަޅު ކޭސް ބަލައިދާއިރު ގޭބިސީގެ އެންމެ ފަހު 3 މަހުގެ ބިލުގެ ތެރެއިން ކަރަންޓް މީޓަރު އެނގޭ ފަދަ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު ހިފައިގެން ދިޔުމަށް ކައުންސިލުން އެދިފައިވެ އެވެ.

މަސްދަޅު ދޫކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

މާލޭގައި މަސްދަޅު މާދަމާ ބަހަން ނިންމާފައިވާއިރު، ރަށްރަށުގައި މަސްދަޅު ބެހުން ކުރިއަށް އެބަދެ އެވެ. އައްޑޫ ސިޓީއާ ފުވައްމުލަކުގައި މަސް ދަޅު ކޭސްތައް ކައުންސިލުން ގެއަށް ގެންސްގޮސްދެ އެވެ.

Advertisement
Ooredoo — Truecaller (box)

މިދިޔަ ރޯދަ މަހު ގޭބިސީތަކަށް ސަރުކާރުން ބެހީ ފުށާއި ހަނޑުލެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް