Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލަންކާ މީހަކު ހަލީލަށް އިންޒާރު ދިން މައްސަލައެއް އެ ގައުމުން ބަލަނީ

ލަންކާ މީހަކު ހަލީލަށް އިންޒާރު ދިން މައްސަލައެއް އެ ގައުމުން ބަލަނީ

ރަސްމީ ދަތުރެއްގައި ސްރީލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް ލަންކާ މީހަކު އިންޒާރު ދިން މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

މިނިސްޓަރު ހަލީލް ލަންކާ ދަތުރު ފެެއްޓެވި ދުވަހުން ފެށިގެން ޝޯޝަލް މިޑީއާގައި ނަދީޝް ޕެރޭރާ ކިޔާ އައިޑީއަކުން ވަނީ އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް އިންޒާރު ދެމުންނެވެ.

"އެކްސް" ގައި އެ މީހާ ކުރި އެއް ޕޯސްޓެއްގައި ބުނީ، ހަލީލު ހުންނަވާ ހޮޓަލުގައި ރޫމް ބޯއި ނުވަތަ ވެއިޓަރުގެ ސިފާގައިވެސް މަރު ގޮސްދާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެހެން ޕޯސްޓެއްގައި އޭނާ ވަނީ ލަންކާގައި ހަލީލު ދުއްވާ ކާރު އެކްސިޑެންޓުވެދާނެ ކަމަށް ބުނެ ކާރު ޑްރައިވަރު ސަމާލުވުމަށް އެދިފަ އެވެ.

މިނިސްޓަރުގެ ދަތުރާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ އެކައުންޓުން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓުތަކަށްވެސް ރިޕްލައިކޮށްވެސް އިންޒާރު ދީފައިވެ އެވެ.

https://twitter.com/NadeeshSL/status/1892554956965830805

އޭނާ ވަނީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީ ދޮށަށް އެއްވެ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާނާ ދެކޮޅަށް ލިޔެފައި ހުރި ލިޔުންތަކެއް އެމްބަސީގެ ކައިރީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ބޮކްސްގައި ވެސް ހަރުކޮށްފަ އެވެ.

ނަދީޝްގެ ޕޯސްޓުތަކުން އެނގޭ ގޮތުގައި އޭނާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި 10 އަހަރުވަންދެން އުޅުނު މީހެކެވެ. އޭނާގެ ދަރިއަކު ވެސް ރާއްޖޭގައި ހުރެ އެވެ.

އެކަމަކު ނަދީޝް ފަހުން ރާއްޖެއިން ޑީޕޯޓްކޮށްލުމުން މިހާރު އުޅެނީ ލަންކާގަ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މެސެޖާ ގުޅޭ ގޮތުން އިތުރު ތަފްސީލު ހޯދާލަން "ދެން" އިން ގުޅާލުމުން އޮފިޝަލް ވިދާޅުވީ އެ މައްސަލަ ލަންކާ ފުލުހުން ވެސް ބަލަމުންދާ ކަމަށެވެ.

ލަންކާގެ މީޑިއާއިން ވެސް މައުލޫމާތު ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ އަދި އިތުރު ތަފްސީލެއް ނުލިބެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް