ދީން

ޒަކާތާ ގުޅޭ ހާއްސަ ލެކްޗާ ސިލްސިލާއެއް ޑރ. ޝަހީމް ގެނެސްދެނީ!

ދެން އެމްވީ ، ދެން އޮންލައިން

ޒަކާތާ ގުޅޭ ހާއްސަ ލެކްޗާ ސިލްސިލާއެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގެނެސްދޭން ނިންމަވައިފިއެވެ.

Ads by MWSC

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ލެކްޗާތަކުގައި އިސްލާމީ ފިޤުހީ އުޞޫލުތަކާއި ޤަވާޢިދުތަކާއި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކާއި އެއްގޮތްވާގޮތުގެ މަތީން މިޒަމާނުގައި މުދަލު ޒަކާތުގެ ފައިސާ ނަގައި އޭގެ ޙައްޤުވެރިންނަށް ބެހުމާއި ޒަކާތުގެ ކަންކަން މެނޭޖްކުރުމުގެ ޒަމާނީ އިދާރީ، ޤާނޫނީ ނިޒާމެއްގެ ތަޞައްވުރު ގެނެސްދެވޭނެ ކަމަށެވެ.

މި ލެކްޗާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ:

- ޤުރުއާނާ ސުންނަތުގެ އަލީގައި ޒަކާތު
‎- ދިވެހިރާއްޖޭގެ ޒަކާތުގެ ތާރީޚު
‎- ޒަކާތުގެ ބެހެނިވެރިންގެ މިޒަމާނުގެ ނަޒަރިއްޔާ
- ‎ޒަކާތާގުޅޭ މިޒަމާނުގެ ޢާއްމު އަޙުކާމު

ޑރ. ޝަހީމް ނަންގަވައިދެއްވާ މި ލެކްޗަރ އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކު މާލެ ގަޑިން 17:30 ގައި އެމަނިކުފާނުގެ ފޭސްބުކް ލައިވް މެދުވެރިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!