ލައިފްސްޓައިލް

48،000 ރުފިޔާ އާމްދަނީ ގޮތުގައި ލިބޭ ލ އަތޮޅު ފިރިހެނަކު، އިންނާނެ އަންހެނެއް ހޯދަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އާމްދަނީ ގޮތުގައި 48،000 ރުފިޔާ ލިބޭ ލ.އަތޮޅުގެ ފިރިހެނެއް އިންނާނެ އަންހެނަކު ހޯދަން އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

ފޭސްބުކު ޕޭޖެއް ކަމަށްވާ “ ކައިވެނި ޕޭޖު “ ގައި އާންމު ކޮށްފައިވާ ގޮތުން، އޭނާއަކީ އަމިއްލަ ވިޔަފާރިއެއް ގެންގުޅޭ މީހެއް ކަމަށާއި، ކޮންމެ މަހަކު ވެސް އާމްދަނީ ގޮތުގައި، 48،000 ރުފިޔާ ލިބޭ ފިރިހެނެކެވެ.

އޯލެވެލްއާ ހަމައަށް ތައުލީމު ހާސިލު ކޮށްފައިވާއިރު، މި ފިރިހެން މީހާއަކީ ތެލަސީމިއާ ކެރިއަރެއް ނޫނެވެ. އަދި މީގެ ކުރިން ކައިވެނި ކޮށްފައިވާ މީހެއް ނަމަވެސް ދަރިއެއް ހުންނަ މީހެއް ނޫން ކަމަށް އެ ޕޭޖުން ޕޯސްޓް ކޮށްފައިވާ ޕޯސްޓަރުގައި ވެއެވެ.

އުމުރުން 31 އަހަރުގެ މި ފިރިހެން މީހާއަކީ ލ އަތޮޅަށް އުފަން މީހެއް ކަމުގައި ވީ ނަމަވެސް އޭނާ ދިރިއުޅެމުން ދަނީ މާލޭގައެވެ.

މި މީހާއާ ކައިވެނި ކުރަން ބޭނުންވާ އަންހެނުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހޭނެ ކަމަށާއި، އެގޮތުން، އުމުރުން 18 އަހަރާއި 38 އަހަރާއި ދެމެދު އަންހެނަކަށް ވެފައި، މީގެ ކުރިން މީހަކާއި އިނދެ ވަރިކޮށްފައި، އަދި ދަރިން ތިބި ކަމުގައި ވީނަމަވެސް މައްސަލައެއް ނެތް ކަމަށް އެ ޕޯސްޓުގައި ހާމަކޮށްފައި ވެއެވެ. އަދި ކައިވެނި ކުރާނެ އަންހެނެއް ޚިޔާރު ކުރުމުގައި ތ އަތޮޅަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ.

މި ޕޯސްޓުގެ ނަންބަރަކީ P3176 އެވެ. މި މީހާއާ ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުން ޕޯސްޓު ނަންބަރާއެކު “ކައިވެނި ޕޭޖް” އަށް މެސެޖެއް ކޮށްލުމަށް އެދިފައިވެއެވެ.

Ads by Allied Insurance
  1. ކަނބުލޮ

    ބަލަ ތިނޫނަކަސް މީހުން މީހުންހޯދަން ޕޯސްޓް ކުރޭ.. ކަލޭމެން ތިތިބެނީ ކިހިނެއްވެފަތަ؟ ލާރިއަށްވިކި ހުސްވެފަތަ؟؟؟ ވަގުތު ޓީމުން ކުއްޖަކު އެމީހާޔާ އިންނަންވީނު.. ކިހާދެރަކަމެއް… ލާރި ލާރި ލާރި ބޮޑު ނޮހޮރުއްޕާނެއް

  2. ޗުކީ

    މީ ވަގުތެއް ނޫނެ ކަނބުލް މީ ދެން ދެން

  3. ކަނބުލޮ

    ހޫ އެބުނާހެން ދެން ދެން…

  4. ނަންނަ

    ބަލަތިޔާރަގަޅުގޮލައެއްނަމަ ތިހާބޮނޑުމުސްސަދިމީހަކާ އަދިމާލޭ ގައުޅޭއިރުވެސް އިންނާނެމީހަކުނުވީތިމީހާރަގަޅުވީމަބާ މާލެފުރިފަތިއޮތީ އެކިރަށްރަށުގެ އައްހެނުއްވިއާދޯއޭ

  5. މަވެސް އިންނާނެ މާލޭ އަންހެންކުއްޖަކު އެބަ ހޯދަން..ރަނގަޅު ކުއްޖަކަށް ވާންވާނެ….