ޚަބަރު

"ވިދާހާ އެއްޗަކީ ރަނެއް ނޫން" : އިރުތިޝާމް ، ޝާހިދުއަށް ވިދާޅުވި ބަހެއް؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2017 ވަނަ އަހަރު ކުރެވުނު ކައިވެނިތަކަށް ބަލާއިރު، ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ގެ ކައިވެނި ވެގެން ދިޔައީ އެއަހަރު ބޭއްވުނު އެންމެ ކުލަގަދަ ކައިވެނިތަކުގެ ތެރެއިން އެއް ކައިވެންޏަށެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ވަޒީރަކު ކައިވެނި ކުރުމުން އެކައިވެންޏަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ވެސް ލިބިފައެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އިރުތިޝާމް އާއި ޝާޑުގެ ކައިވެނި ވަނީ 2018 ވަނަ އަހަރު ރޫޅިފައެވެ.

އެއަށްފަހު މިއަދު އިވިގެން ދިޔައީ ޝާޑު އައިޝަތު މުޒުނާ ކިޔާ ބޭކަނބަލަކާ ކައިވެނި ބައްލަވައިގަތް ކަމުގެ ޚަބަރެވެ. ޝާޑު އާއި މުޒުނާ ކައިވެނި ބައްލަވައިގަތީ ރޭގެ ވަގުތެއްގައި ހޮޓެލްޖެން ގައި ކަމަށް ވެސް އެނގިފައިވެއެވެ.

ޝާޑުގެ ކައިވެނީގެ ޚަބަރަށްފަހު، ކުރީގެ މިނިސްޓަރު އިރުތިޝާމް ވަނީ ތަފާތު ޓްވީޓެއް ކުރައްވާފައެވެ. ނަމަވެސް ވަކި ބޭފުޅެއްގެ ނަން ނުޖައްސަވާ އޮތުމުން، މިއީ އެކަމަނާގެ ކުރީގެ ފިރިކަލުންގެ އާކައިވެންޏާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްކަމެއް ޔަގީނެއް ނުވެއެވެ.

އިރުތިޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ބޭރުފުށުން ފެންނަ އެއްޗެއްގެ (ޙަޤީޤަތް) ނޭނގިދާނެ ކަމަށާއި އެތެރެފުށުގައި ފޮރުވިފައި ހުންނަ ކަންކަމުން، މުޅިން އެހެން ގޮތަކަށް ޤަބޫލުކުރަން ޖެހިދާނެކަމަށެވެ. އެހެންކަމުން ބޭރުފުށަށް އެކަނި ބަލައި ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެކަމަށް ވެސް އިރުތިޝާމް ވިދާޅުވިއެވެ.

"މުސްކުޅިބަހެއްގައި ބުނާހެން 'ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫން' " އިރުތިޝާމްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

 

Ads by Ooredoo
  1. ތެދު

    ތިބުނީ ބުނެވެން އޮތް އެންމެ ބޮޑުކޮށްދޯ އިރޫ.

  2. ޒައިކް

    އިރޫ “ވަޓް ގޯޒް އެރައުންޑް ކަމްސް އެރައުންޑް” އޭ ބުނާ ހަރުބަސް ވެސް ލިޔެލިނަމަ؟؟ އިރޫވެސް ޝާޑާ އިނީ ކުޑަ ކުދިންތަކެއް ނިކަމެތި ވާގޮތަށް ޝާޑުގެ ކުރީގެ އަނބިމީހާ ބަރިކުރުވާފަ. މިއަދު އޭތި އަނބުރާ އައިސް ތި ލައިގަތީ އިރޫގައިގަ..

  3. ޢެބިއުސިވް

    ޝާޑް އަކީ ވަރަށް އެބިއުސިވް މީހެއް.