ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ވަގަށް ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގެންފި

ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ވަގަށް ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އޭވިއޭޝަން ސެކިއުރިޓީން މިއަދު އަތުލައިގެންފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން މިއަދު ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ހިފަހައްޓާފައިވާ ކަމަށެވެ.
"ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، މިއަދު ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް، އޭވިއޭޝަން ސެކިއުރިޓީގެ ކާރގޯ ސްކްރީނިންގ ޔުނިޓުން ވަނީ ހިފަހައްޓާ، ކަމާ ބެހޭ ފަރާތްތަކާއި ޙަވާލު ކޮށްފައި" އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މުޅިއަކު 21 ފޮއްޓެއްގައި ބަންދު ކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހިފަހައްޓާފައިވާ ކަމަށެވެ.
"މިޔަރު އުރަހަތައް ބަންދު ކޮށްފައިވަނީ ލޮނުމަސްތަކެއްގެ ތެރެއަށް އަޅައިގެން" ކަސްޓަމްސް އިންވެސް ބުނެފައިވެއެވެ.
ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.