Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފި

ފަނޑިޔާރުން ވަކި ކުރުން ފިޔަވައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަތަކުގައި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހުށަހަޅަން ޖެހޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފި އެވެ.

މި އަހަރަށް އެކުލާވަލި ފަނޑިޔާރުންގެ އިސްތިއުފާނު މަޖިލީހަށް ކަނޑައެޅި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު މުއުސަތިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ. އަދި އިސްތިއުނާފު މަޖިލީހަށް ކަނޑައަޅާ ފަނޑިޔާރުންނަކީ ޖޭއެސްސީގައި ތިއްބަވާ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުންތަކެކެވެ.

މި މަޖިލީހަކީ ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތަކުގައި ނިންމާ ނިންމުންތައް އިސްތިއުނާފުކޮށް އެ މައްސަލަތައް ބެލުމުގެ ގޮތުން އުފައްދާފައިވާ މަޖިލީހެކެވެ. އެކަމަކު ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާ އެއްވެސް ނިންމުމެއް އެ މަޖިލީހުގައި އިސްތިއުނާފެއް ނުކުރެވޭނެ އެވެ.

އެ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އިދާރީ ހުރިހާ އިންތިޒާމުތައް ހަމަޖައްސާނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ. ޖޭއެސްސީގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާއެކު މިހާރު ޑިޕާޓްމަންޓް ހިނގަމުން ގެންދަނީ ޖޭއެސްސީގެ ދަށުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް