ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
 
                                                    ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުން ދަނީ ޏ.ފުވައްމުލައް، ދަޑިމަގު. ބޮޑުކެކުރިގެ، މުޙައްމަދު އަޒުހާރު (41އ) އެވެ.
ފުލުހުން ވަނީ މުޙައްމަދު އަޒުހާރާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާ ކުރެއްވުމަށް އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
 
Ads by Ooredoo
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
