Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖެ މަތިން ފެނިފައި ޗައިނާ ސަފީރު އިތުރަށް އާޝޯހުވެއްޖެ

ރާއްޖެ މަތިން ފެނިފައި ޗައިނާ ސަފީރު އިތުރަށް އާޝޯހުވެއްޖެ

ޗައިނާއިން ރާއްޖެއަށް މި ފަހުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ރާއްޖެ ބަދަލުވެވަޑައިގަތީއްސުރެން އޭނާގެ އެކްސް ޕޯސްޓް ފުރައިލަނީ ރާއްޖޭގެ ރީތި މަންޒަރުތަކުންނެވެ. އަދި ކޮންމެ ދުވަހަކު ވެސް ރީތި ކަމަށް އޭނާ ތައުރީފުކުރައްވަ އެވެ.

އެންމެ ފަހުން މިއަދު އަތޮޅު ތެރެއަށް ފުރަތަމަ ފަހަރަށް ސަފީރު ވަޑައިގަންނަވަން ޑޮމެސްޓިކް ފްލައިޓެއް ދަތުރުކުރެއްވި އެވެ. ސަފީރުގެ މަންޒިލް ޕޯސްޓްގައި ލިއުއްވާފައި ނުވި ނަމަވެސް ދަތުރު ފެށި ފަހުން، ފްލައިޓްގައި އިންނަވާފައި ރާއްޖެ މަތިން ފެންނަ ފޮޓޯތަކެއް ފަހުން ޕޯސްޓްކުރެއްވި އެވެ.

ސަފީރުގެ އެ ޕޯސްޓްގައި ލިއުއްވީ ރާއްޖެއަކީ "އިންޑިއާ ކަނޑުގައި އޮންނަ ވިދާ ހާރަކޭ" މަޖާޒީ ގޮތުން ބުނެއުޅޭ ބުނުމުގެ މާނަ ހަމަ ރަނގަޅަށް ވެސް މިއަދު ފަހުމުވެ އިހުސާސްކުރެއްވުނު ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖެ މަތިން އުދުހިފައި ދާއިރު ފެންނަ ރީތި ކަމަކީ ދުނިޔެވީ އެހެން ރީތިކަންކަމާ އެއްފަދަ ރީތި ކަމަށް ވުރެ މަ ފުރިހަމަ ހިތްގައިމު ރީތި ކަމެއް ކަމަށް ސަފީރު ސިފަކުރެއްވި އެވެ.

https://twitter.com/China_Amb_Mdv/status/1932032851614261387

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ސަފީރު ކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވި ޗައިނާގެ އާ ސަފީރު ރާއްޖެ ވަޑައިގަތްފަހުން އެކްސްގައި މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

އެގޮތުން ސަފީރު ވަނީ ރާއްޖޭގައި އިރު އޮއްސޭ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވައި އެވަރުގެ ރީތިކަމެއް ފެނުފައިވޭތޯ އައްސަވައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް