ޚަބަރު

އަހަރެން ގޮތަށް ޓްރަމްޕް ވެސް ބަލި ގަބޫލުކުރަން ވާނެ: ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ސުޕްރީމް ކޯޓުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން ލަސް ކުރަމުން ދިޔަ ކަމަށާއި ރައީސް މުޙައްމަދު ނަޝީދު ގޮތަށް ޓްރަމްޕް ވެސް ބަލި ގަބޫލުކުރަން ވާނެކަމަށް މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ސުޕްރީމް ކޯޓުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން ލަސްކުރަމުން ދިޔަ ކަމަށާއި އެތައް ފަހަރެއްގެ މަތިން ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރުން ލަސް ކުރި ކަމަށެވެ.އަދި މިކަމާއެކު އެންމެ ފަހުން މަސްލަހަތަށް ޓަކައި ބަލި ގަބޫލު ކޮށްފައި ވާކަމަށް ނަޝީދު ކުރެއްވި ޓްވީޓުގައި ވެއެވެ. އަދި ހަމަ އެގޮތަށް ޓްރަމްޕް ވެސް ބަލި ގަބޫލުކުރަން ވެއްޖެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން އޭރު ތުހުމަތު ކުރިއެވެ. ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފައިވާއިރު އެފަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވުމުން ރައީސް ނަޝީދު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އެ ފަހަރު އިންތިހާބު ޔާމީން ކާމިޔާބު ކުރެއްވީ ފަސްހާހެއްހާ ވޯޓުގެ ތަފާތުންނެވެ

އެމެރިކާގައި ކުރިޔަށްދިޔަ ރިޔާސީ އިންތިހާބަކީ، އޮޅުވައިލައިގެން ކުރިއަށް ގެންދިޔަ އިންތިހާބެއް ކަމަށް ޓްރަމްޕުގެ އިތުރުން އޭނާގެ އަރިސް ބޭފުޅުން ވެސް ދަނީ ވިދާޅުވަމުންނެވެ. ޓްރަމްޕު ކެނޑިނޭޅި ދަނީ، ޖޯ ބައިޑަން އިންތިހާބު އޮޅުވާލީކަމަށް ބުނެ ތުހުމަތު ކުރަމުންނެވެ. އެމަނިކުފާނު މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ބައިޑަން ކަމަށާއި، ސަބަބަކީ މި އިންތިހާބަކީ މަކަރާއި ހީލަތުން ކާމިޔާބު ކުރި އިންތިހާބެއް ކަމަށް ވާތީ ކަމަށެވެ.

Ads by HDC
  1. ކިނބޫ

    ކަލޭ ގޮތަށް ބަލި ގަބޫލު ކުރީމަ މުޅި ގައުމު އޮންނާނީ ހުޅު ޖަހާފައެއްނު.