ދުނިޔެ

ކޮވިޑް-19: އިތުބާރު ނުކުރާކަމަށް ބުނެ، އިނގިރޭސިވިލާތާއި އެމެރިކާގެ ވެކްސިން އިރާނުން މަނާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
In this picture released by the official website of the office of the Iranian supreme leader, Supreme Leader Ayatollah Ali Khamenei addresses the nation in a televised speech marking the anniversary of the 1989 death of Ayatollah Ruhollah Khomeini, the leader of the 1979 Islamic Revolution, in Tehran, Iran, Wednesday, June 3, 2020. Khamenei assailed Washington in the wake of George Floyd’s killing for its allegedly duplicitous policies when it comes to upholding human rights. (Office of the Iranian Supreme Leader via AP)

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިނގިރޭސިވިލާތާއި އެމެރިކާއިން އުފެއްދި ވެކްސިން، އިރާނަށް އެތެރެކުރުން މަނާ ކޮށްފިއެވެ.

Ads by Sosun Fihaara

އެމެރިކާ އާއި އިނގިރޭސިވިލާތުން އުފައްދާ އުފެއްދުންތަކަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވަމުން، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ ވިދާޅުވީ،  ކޮވިޑަށް ފަރުވާ ދިނުމަށް އެ ގައުމުތަކުން އުފައްދާ ވެކްސިން އީރާންގައި ބޭނުން ނުކުރައްވާނެ ކަމަށެވެ.

"އެ ވެކްސިނަކުން ކޮވިޑަށް އެކަށީގެންވާ ފަރުވާއެއް ވެސް ނުދެވޭނެ" އާޔަތުﷲ ވިދާޅުވިއެވެ.

މީގެއިތުރުން އާޔަތުﷲ ވިދާޅުވީ ފައިޒާ ވެކްސިނުން ކޮވިޑް ގުޅުވާލެވޭ ނަމަ ދުނިޔެ އުތުރި ނާރާނެ ކަމަށާއި ބަލިޖެހޭ މީހުންގެ އަދަދު ކޮންޓްރޯލުން ނައްޓާފައި ވާއިރު މަރުވާ މީހުން ވަޅުލެވޭ ވަރަށް ދުނިޔޭގައި ބިން ވެސް ނެތް ކަމަށެވެ.

އާޔަތުﷲ ވިދާޅުވީ، ވެކްސިން އުފައްދައިގެން އެމީހުން (އިނގިރޭސިވިލާތާއި އެމެރިކާއިން) މިހާރު އެކުރާ ކަމަކީ އަޖުމަބެލުން ކަމަށާއި "އެއީ އެމީހުން ބޭސް ޓެސްޓުކުރާ ގޮތް" ކަމުގައެވެ.

"ބޭރު ގައުމުތަކަށް ބޭހާއި ވެކްސިން ވިއްކަނީ ގޮތްބަލައި ޓެސްޓް ކުރުމަށް" އާޔަތުﷲ ވިދާޅުވިއެވެ.

އިރާނުގެ ރޫޙާނީ ލީޑަރު ބުނި ގޮތުގައި ފްރާންސުން އުފައްދާ ވެކްސިނަށް ވެސް އެޤައުމުން އެހާ އިތުބާރެއް ނުކުރެއެވެ. އަދި ވެކްސިން ހޯދަން ވާނީ އިތުބާރު ކުރެވޭ ފަރާތަކުން ކަމަށް ވެސް އާޔަތުﷲ އަލީ ޚާމަނައީ ވިދާޅުވިއެވެ.

Ads by Ooredoo
  1. ތެދުވެރި

    ރަނގަޅުވާހަކައެއް ހާމަނާއީއެވިދާޅުވީ