ޚަބަރު

ރައީސް ޔާމީނުގެ މުދާ ދައުލަތަކަށް ނުނެގޭނެ: މުންދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މުދާ ދައުލަތަށް ނެގޭނެ ގާނޫނެއް ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައީސް ޔާމީންގެ މިލްކިއްޔާތުގައިހުރި، އެމަނިކުފާނުގެ އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ދައުލަތުން ވަނީ އެދިފައެވެ.

މިކަމާ ގުޅޭގޮތުން އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ މި ސަރުކާރުގެ މަގްސަދަކީ ރައީސް ޔާމީން ސިޔާސީ މައިދާނުން އެކަހެރިކޮށް، އެއްކިބާކޮށް ބަހައްޓައިގެން އެމަނިކުފާނަށް އެކި ގޮތްގޮތުން އަނިޔާ ދިނުން ކަމަށެވެ.

"އެއް ކަމަކީ ރާއްޖޭގައި މީގެ ކުރީގައި މިކަހަލަ އެއްވެސް ކަމެއްގައި ޕްރެސީޑެންޓެއް ނޯންނާނެ. އަދި ގާނޫނީ ބޭފުޅުން، ސަރުކާރުގެ ފިކުރުގައި ތިބި ސިޔާސީ ގާނޫނީ ބޭފުޅުންނެއް ނޫން، ގާނޫނީ އޮއްޓަރުހުރި ބޭފުޅުން އިއްތިފާގުވެ ވަޑައިގަންނަވާ ރާއްޖޭގައި ގާނޫނީ ގޮތުން މިކަހަލަ ނިޒާމެއް ވެސް އަދި ނެތް. މިސާލަކަށް ކުރީގައި ވެސް ޖޫރިމަނާއެއްގެ ގޮތުގައި މީހެއްގެ އެސެޓް ހިފަހައްޓަން ބަލާލާއިރު ރާއްޖޭގައި ވެސް ދުނިޔޭގެ އެއްވެސް ތަނެއްގައި އެމީހެއްގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ނުނެގޭނެ،" މުންދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!