Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ދީން

މުސީބާތްތަކާއި އިމްތިހާންގެ ވަގުތުތައް ބައެއްފަހަރު ދިގުދެމިގެން ހިނގައިދާނެ، އުއްމީދު ނަގައިނުލާ: މުފްތީ މެންކް

މުސީބާތްތަކާއި އިމްތިހާންގެ ވަގުތުތައް ބައެއްފަހަރު ދިގުދެމިގެން ހިނގައިދާނެ، އުއްމީދު ނަގައިނުލާ: މުފްތީ މެންކް
ދިމާވާ މުސީބާތްތަކާއި އިމްތިހާންތަކުގެ ވަގުތުތައް ބައެއްފަހަރު ހީކުރާ ވަރަށްވުރެ ދިގު ދެމިގެން ހިނގައިދާނެ ކަމަށާއި ނަމަވެސް އުއްމީދު ނަގައިނުލުމަށް ޒިމްބާބުވޭގެ މުފްތީ އިސްމާއީލް އިބްނި މޫސާ މެންކް ވިދާޅުވެއްޖެއެވެ. މީސް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ދީނީ އެތައް މަޢުލޫމާތަކާއި އިރުޝާދުތައް ދެއްވަމުން ގެންދަވާ މުފްތީ މެންކް މިއަދު ވިދާޅުވީ އިމްތިހާންތަކާއި މުސީބާތްތައް ދިގު ދެމިގެން ދިޔަ ނަމަވެސް އުއްމީދު ނަގައިނުލާ ކެތްތެރިވުމަށެވެ. އަދި މިފަދަ ދަނޑިވަޅުގައި ވެސް ދިރިއުޅުމާއެކު ކުރިއަށް ދިޔުމުގެ ބާރާއި ހިތްވަރު ދެއްވުމަށް ﷲގެ ޙަޟްރަތުގައި ދެންނެވުމަށް މުފްތީ މެންކް ގޮވާލައްވާފައިވެއެވެ. މެންކް ވިދާޅުވީ މާޔޫސްވެ އުއްމީދު ކަނޑާލުމަކީ އިޚްތިޔާރެއް ނޫން ކަމަށާއި ބޭނުންވަނީ ކެތްތެރިކަމާއި ވަރުގަދަ އީމާނާއެކު ކަންކަމުން އަރައިގަތުން ކަމަށެވެ. އަދި ސަލާމަތްވާނެ މަގު ވަނީ ދާދި ގާތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. https://twitter.com/muftimenk/status/1268785251201024000?s=20 މީސްމީޑިއާގައި ވެސް ނުފޫޒުގަދަ މުފްތީ މެންކަކީ ދީނުގެ ދަޢުވަތު ފެތުރުމުގައި ވަރަށް ޙަރަކާތްތެރި ބޭކަލެކެވެ. މީސްމީޑިއާގައި މުސްލިމުންގެ އިތުރުން އެތައް މިލިއަން ޣައިރު މުސްލިމުންނެއް އެމަނިކުފާނު ފޮލޯ ކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް